ނެޓްފްލިކްސް އިން ދައްކާ އޯލް ދި ޝާކްސްގައި ރާއްޖެ

މި ޑޮކިއުމެންޓް ނަގަން 14 ތަޖުރިބާކާރުން ރާއްޖޭގައި ހަރަކާތްތެރިވި އެވެ. މީގެތެރޭގައި މެރިންބަޔޮލޮޖިސްޓުންވެސް ހިމެނެ އެވެ. މި ސީރީޒް ދައްކަން ފަަށާނީ މިމަހު ހަތަރު ވަނަ ދުވަހު އެވެ.

މިޔަރުގެ ފޮޓޯ ނަގަން ހާއްސަ ތަޖުރިބާކާރުންގެ ޓީމަކުން ކުރިއަށް ގެންދާ "އޯލް ދަ ޝާކް" ގެ މަންޒަރެއް ރާއްޖޭގައި ނަގައިފި އެވެ، 

ކަނޑުގެ ދިރުންތަކަށް ލޯބިކުރާ އަދި ކަނޑުއަޑީގެ ފޮޓޯގްރަފީއަށް ހާއްސަ ތަޖުރިބާކާރުންގެ ޓީމަކުން ކުރިއަށް ގެންދާ "އޯލް ދަ ޝާކް" އިންތިޒާމު ކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ދުނިޔޭގައި އުޅޭ މިޔަރުގެ ބާވަތްތަކުގެ ފޮޓޯ ނެގުމުގެ މައްޗަށެވެ. 

މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދާ "އޯލް ދަ ޝާކް" އަކީ ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބަލާ ޕްރޮގްރާމް އެވެ. ނެޓްފްލިކްސް އިން ޑޮކިއުމެންޓްކޮށް ދައްކާ މި ސީލްސިލާގެ މަންޒަރެއް ވަނީ ރާއްޖޭގައި ނަގާފަ އެވެ. 

މި ސީރީޒްގައި ފޮޓޯ ނަގާނީ ދުނިޔޭގައި މިޔަރު ފެންނަން އެންމެ މަގުބޫލު މަންޒިލްތަކުގަ އެވެ. މިގޮތުން ރާއްޖޭގެ އިތުރުން ބަހާމާސް އާއި ދެކުނު އެފްރިކާ އަދި ޖަޕާނުގައި ވެސް މަންޒަރުތައް ނަގާނެ އެވެ. މިޔަރުގެ ކަންކަން ދިރާސާ ކުރާ މާހިރުންގެ ހިމެނޭ ހަޔަރު ޓީމެއް މިކަމުގައި ބައިވެރިވާނެ އެވެ. މީގެތެރޭގައި މެރިންބަޔޮލޮޖިސްޓުންވެސް ހިމެނެ އެވެ.

މުބާރާތް އިންތިޒާމުކޮށްފައިވަނީ ވީހާވެސް ގިނަ މިޔަރުގެ ބާވަތްތައް ފޮޓޯ ނަގާ ގޮތަށެވެ. މިޔަރުގެ ނަގާ ކޮންމެ ފޮޓޯއަކަށް މުބާރާތުގެ ބައިވެރިންނަށް ޕޮއިންޓެއް ލިބޭނެ އެވެ މިގޮތުން އާދަޔާ ހިލާފު ނުވަތަ ނުފެންނަ މިޔަރެއްގެ ފޮޓޯއެއް ނެގިއްޖެނަމަ ލިބޭ ޕޮއިންޓް އިތުރުވެ އެވެ. އެއްވަނަ އިނާމަކަށް ދެނީ ބައި ލައްކަ ޑޮލަރެވެ. 

"އޯލް ދަ ޝާކް" ގެ މަންޒަރުތައް މިމަހު ނެޓްފްރިލްސްއަށް އަންނައިރު މިއީ އެތައް މިލިއަން ބައެއްގެ ޝައުގުވެރިކަން ލިބިގެންދާނެ ސިލްސިލާއަކަށްވާނެ އެވެ. އަދި މިއީ ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ވެގެންދާނެ ކަމަކަށްވާނެ އެވެ. މި ސީރީޒް ދައްކަން ފަށާނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.