ޕްރޮޖެކްޓް ސޯލާ ސިޓީ : ރާއްޖޭގެ ފުރަތަމަ އިކޮނޮމިކް ޒޯން

މި މަޝްރޫއުގެ ދަށުން 100 މެގަވޯޓް ގެ ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމެއް ޤާއިމްކޮށް އޮޕަރޭޓް ގާއިމް ކުރުމާއި ލޮޖިސްޓިން ހަބެއް އަދި ރިއަލްއެސްޓޭޓް އަދި މައިސް ޓޫރިޒަމް ހިމެނޭހެން ޓޫރިޒަމް ތަރައްގީ ކުރާނެ އެވެ.

ރައީސް ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ބައެއް ވަޒީރުންނާއެކު -- ރައީސް އޮފީސް

މަލެ ކައިރީ ފަޅެއްގައި ކެނެޑާގެ ކުންފުންޏަކުން ތަރައްގީ ކުރާ ޕްރޮޖެކްޓް ސޯލާ ސިޓީ އަކީ ރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) މަޝްރޫއުގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފި އެވެ. 

ދިވެހިރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު، ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) ގެ ދަށުން 12 ޖަނަވަރީ 2025 ގައި ޝާއިޢުކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 1/2025 އިން، މީގެ ކުރިން ވަނީ ކަނޑައަޅުއްވާފަ އެވެ. - މިއީ 150 މިލިއަން ޑޮލަރެވެ. 

ރައީސް ނިންމެވި ނިންމުމުގައިވާ ގޮތުގައިން "ޕްރޮޖެކްޓް ސޯލާ ސިޓީ" ގެ ނަމުގައި ހައި ޓެކްނޮލޮޖީ ޕާކެއް ތަރައްޤީކުރުމަށް ޓަކައި އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓާއި ދެމެދު މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފަ އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެގޮތުގައި "ޕްރޮޖެކްޓް ސޯލާ ސިޓީ" ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވިއިރު، އެ ޒޯނުގައި ކުރުމަށް ހުއްދަ ދެވިފައިވާ ކަންކަމަކީ:

  • 100 މެގަވޯޓް ގެ ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމެއް ޤާއިމްކޮށް އޮޕަރޭޓް ކުރުން
  • މީޓިންގްސް، އިންސެންޓިވްސް، ކޮންފަރެންސެސް އަދި އެގްޒިބިޝަންސް (އެމްއައިސީއީ) ހިމެނޭހެން ފަތުރުވެރިކަން ތަރައްޤީކޮށް އޮޕަރޭޓްކުރުން.
  • ލޮޖިސްޓިކްސް، ސްޓޯރޭޖާއި އިންޑަސްޓްރިއަލް ހަބެއް ތަރައްޤީކޮށް އޮޕަރޭޓްކުރުން
  • ރިއަލް އެސްޓޭޓް ތަރައްޤީކުރުން

މި ޒޯނަށް ކަނޑައެޅިފައިވާ އިނާޔަތްތައް ޤަރާރުގައި ހިމަނައި، މީގެ އިތުރުން، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު ވަނީ ޤަރާރުގެ ބައެއްގެ ގޮތުގައި ޝާއިޢުކުރައްވާފަ އެވެ.

ސޯލާ ސިޓީ މަޝްރޫއުގައި ސޮއިކުރަނީ -- ޓޫރިޒަމް

ރައީސް ޑރ، މުއިއްޒު މިހާރު ސިންގޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަފުރުފުޅުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ މަޝްރޫއެއްގެ ގޮތުގައި ހިންގާ ސޯލާ ސިޓީ މަޝްރޫއުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފި އެވެ. ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ކުންފުންޏާއެކު އިޔާދަކުރަނިވި ހަކަތައިގެ ބޮޑު މި މަޝްރޫއުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އަދި އަބްރަކްސަސްގެ ފަރާތުން ސޮއި ކުރެއްވީ އެމްޑީ ޖޭމްސް ކޯލްޓާ އެޑީ އެވެ. މި މަޝްރޫއަކީ 100 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދުމުގެ ބޮޑު މަޝްރޫއެކެވެ. ރާއްޖޭން ތެލަށް ކުރާ ހަރަދުން 42 މިލިއަން ޑޮލަރު ސަލާމަތް ކުރަން ޓާގެޓްކޮށްފައިވާ މި މަޝްރޫއު ފަރުމާކޮށްފައިވަނީ 2028 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ލަނޑުދަނޑިއަށް ވާސިލްވާނެ ގޮތަށެވެ. މިހާރު ފަށާފައިވާ މި މަޝްރޫއު ނިންމަން ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.