މި ބައްދަލުވުމުގެ ތެރެއިން ރައީސް ވަނީ އެމީހުން ހާލު އޮޅުންފިލުވައިފަ އެވެ. އަދި އެމީހުންގެ ކަންބޮޑުވުންތައް ވެސް ވަނީ އައްސަވައިފަ އެވެ.
ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.
ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސް އެ ގައުމަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހު އެވެ. މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ ދެކަނބަލުން އަދި އެގައުމަށް ވަޑައިގެންނެވި ސަރުކާރުގެ އިސް ބޭފުޅުން މިއަދު ވަނީ ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުވުމުގެ ތެރެއިން ރައީސް ވަނީ އެމީހުން ހާލު އޮޅުންފިލުވައިފަ އެވެ. އަދި އެމީހުންގެ ކަންބޮޑުވުންތައް ވެސް ވަނީ އައްސަވައިފަ އެވެ. މި ބައްދަލުވުމުގެ ބައިވެރިންނަށް ރައީސްގެ ދެކަނބަލުން ވަނީ ފަރިއްކޮޅެއްވެސް ދެއްވާފަ އެވެ.
މި ދަތުރުފު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގަ އެވެ.