މި ފަހުމުނާމާގެ ދަށުން ދެޤައުމުގެ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމުގެ ހަރުދަނާ ބިންގަލެއް ޤާއިމުކުރެވި، ދެޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާއި ސިންގަޕޫރު ކޯޕަރޭޝަން އެންޓަރޕްރައިޒް (އެސްސީއީ) އާއެކު ދިވެހިރާއްޖޭގެ ދައުލަތް ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ގެ ހިންގުމާއި މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި ފަހުމުނާމާގައި ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އާއި އެސްސީއީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ ޓޭ ލިއަން ޗިއުއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމް 2025 ގައެވެ.
މި ރަސްމިއްޔާތުގައި ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންގެންދަވާ ރާއީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފަހުމުނާމާގެ ދަށުން ދެޤައުމުގެ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމުގެ ހަރުދަނާ ބިންގަލެއް ޤާއިމުކުރެވި ދެޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ޕާޓްނާޝިޕްގެ މަގްސަދަކީ ސިންގަޕޫރުގެ ޕަބްލިކް ސެކްޓަރގެ ފުޅާ ޢިލްމާއި ނަމޫނާ އާދަތައް ބޭނުންކޮށްގެން ރާއްޖޭގައި މުހިންމު ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކޮށްދިނުމެވެ.
މި ފަހުމުނާމާގެ ދަށުން، އަންނަނިވި ދާއިރާތަކުގައި އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ފަހުމުނާމާގެ ސަބަބުން ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވާނެކަން ފާހަގަކޮށްލެވެ އެވެ.
ރިޝްވަތާއި އެކުތަ ހަރުދަނާ ވަނީ؟ ކަލޭމެންނާ ހިލާފަށް، ސިންގަޕޫރު މީހުނަކީ ރިސްވަތު ކާ ބަޔެއް ނޫނޭ.
ކަލޭމެންގެ ރާއްޖެއާއި ހިލާފަށް، ސިންގަޕޫރަކީ ކޮރަޕްޓު ރަށެއް ނޫން. ހީ ނުކުރާތި، އެ މީހުންނާ ގައިގޮޅިވެ، މެޑަލި ބަދަލު ކުރެވުނީމަ، އެ މީހުނާ އެއްވަރު ވީއޭ. ކަލޭމެންނަކީ ހަމަ ރަތް ލާ ޖެހި، ލާރިކަޓާ އިން. ޕޮސް.