އެސްއީޒެޑްގެ ފުރަތަމަ މަޝްރޫއުގައި ސޮއިކޮށްފި

މި މަޝްރޫއަކީ 100 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދުމުގެ ބޮޑު މަޝްރޫއެކެވެ. ރާއްޖޭން ތެލަށް ކުރާ ހަރަދުން 42 މިލިއަން ޑޮލަރު ސަލާމަތް ކުރަން ޓާގެޓްކޮށްފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ މަޝްރޫއެއްގެ ގޮތުގައި ހިންގާ ސޯލާ ސިޓީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. 

ސިންގަޕޫރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ކުންފުންޏާއެކު އިޔާދަކުރަނިވި ހަކަތައިގެ ބޮޑު މި މަޝްރޫއުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އަދި އަބްރަކްސަސްގެ ފަރާތުން ސޮއި ކުރެއްވީ އެމްޑީ ޖޭމްސް ކޯލްޓާ އެޑީ އެވެ.

މި މަޝްރޫއަކީ 100 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދުމުގެ ބޮޑު މަޝްރޫއެކެވެ. ރާއްޖޭން ތެލަށް ކުރާ ހަރަދުން 42 މިލިއަން ޑޮލަރު ސަލާމަތް ކުރަން ޓާގެޓްކޮށްފައިވާ މި މަޝްރޫއު ފަރުމާކޮށްފައިވަނީ 2028 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ލަނޑުދަނޑިއަށް ވާސިލްވާނެ ގޮތަށެވެ. މިހާރު ފަށާފައިވާ މި މަޝްރޫއު ނިންމަން ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.