ކާޑުތަކުން ކުރާ އޮންލައިން ވިޔަފާރިން ފީ ނަގާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކުއްލި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ނެގުނު ވޯޓުގައި، 29 މެމްބަރުން ވޯޓު ދެއްވީ އެކަމާ ދެކޮޅަށެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު--

ދިވެހިން އެންމެ ގިނައިން ވިޔަފާރި ކުރާ އީކޮމާސް ސައިޓުތަކުން 30 ޕަސެންޓުގެ ފީއެއް ނެގުމާއި ޓޫރިޒަމް ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ ބައެއް ބޭންކުތަކަށް މާރުކުރަން ލާޒިމްކުރުމާތީ އިދިކޮޅު އެމްޑީޕީން މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ކުރާ ވިޔަފާރިތަކުން 30 ޕަސެންޓުގެ ފީއެއް ނަގަން ބީއެމްއެލްއިން ފެށުމުން އާންމުންގެ ވަރަށް ބޮޑެތި ކަންބޮޑުވުން އެބަހުރި ކަމަށެވެ.

މީގެއިތުރުން، އެ މައްސަލާގައި މައުރޫފް ވަނީ ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރު ކުރުން މަޖުބޫރުކޮށް މާރު ކުރާ ޑޮލަރުގެ ތެރެއިން 90 ޕަސެންޓު މަރުކަޒީ ބޭންކު އެމްއެމްއޭއަށް ފޮނުވަން މަޖުބޫރު ކުރަނީ ސަރުކާރަށް ޑޮލަރު ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކުއްލި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ނެގުނު ވޯޓުގައި، 29 މެމްބަރުން ވޯޓު ދެއްވީ އެކަމާ ދެކޮޅަށެވެ.

އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދިނީ އެންމެ 11 މެމްބަރުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.