ތިލަދުން އެންބޯމަޑި އެއާޕޯޓް | ސެޕްޓެމްބަރު މަހު އެއްކޮށް ނިމޭނެ

މިހާރު މުޅި މަޝްރޫއު ޖުމްލަ މަސައްކަތުގެ %88.7 ވަނީ ނިމިފަ އެވެ. އަދި ޕަސެންޖަރު ޓާމިނަލްގެ %83 ނިމިފައިވާއިރު، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ހެންގަރާއި ކާގޯ ބިލްޑިން މަސައްކަތް %96 ނިމިފައިވާ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓުގައި ތަރައްގީ ކުރަމުން ގެންދާ އެއާޓްރެފިކް ޓަވަރު

މާލޭން ބޭރުގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މި އަހަރުގެ ސެޕްޓެމްބަރު މަހަށް އެއްކޮށް ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ. 

ތިލަފުންމަތީގައި އެމްބޯމަޑިއެއްގެ ބައްޓަމަށް ހަދާ ޕެސެންޖަރު ޓާމިނަލްއަކާއެކު އިންޑިއަން އެގްޒިމް ލޯނެއްގެ ދަށުން ތަރައްގީ ކުރާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއުގެ އަޕްޑޭޓެއް ދެއްވަމުން މިނިސްޓަރު މުއްތޮލިބު ވިދާޅުވި ގޮތުގައި މިހާރު މުޅި މަޝްރޫއު ޖުމްލަ މަސައްކަތުގެ %88.7 ވަނީ ނިމިފަ އެވެ. އަދި ޕަސެންޖަރު ޓާމިނަލްގެ %83 ނިމިފައިވާއިރު، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ހެންގަރާއި ކާގޯ ބިލްޑިން މަސައްކަތް %96 ނިމިފައިވާ ކަމަށެވެ. 

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއަކީ އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރޭން 136 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރި ރަންވޭ ވަނީ ބޭނުން ކުރަން ފަށާފަ އެވެ. 

އެމްބޯ މަޑިއެއްގެ ގޮތަށް ހަދަމުން ގެންދާ ހަނިމާދޫ އެއާޕޯޓް

ހަނިމާދޫ މަޝްރޫއު ކުރުކޮށް

  •  މަޝްރޫއުގެ އަގު 136 މިލިއަން ޑޮލަރު
  •  މަސައްކަތް ފެށީ 22، އޮގަސްޓް 2022
  •  އެއާޕޯޓް ނިންމަން އޮތް ތާރީހު މި އަހަރު 21، އޮގަސްޓް
  •  އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު މަޝްރޫއެއް
  •  އެންބޯ މަޑިއެއްހެން މަތިން ފެންނަ ފުރިހަމަ ހިބޮޑު ޕެސެންޖަރު ޓާމިނަލްއެއް
  •  އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ
  •  އޭ 320 އަދި ބޯއިން 737 ބޯޓު ޖެއްސޭނެ
  •  ޕެސެންޖަރުން އަރައިފައިބަން ބޯޑިން ބްރިޖެއް
  •  މުޅިންއާ ކޯޑު ސީ ސްޑޭންޑަޑުގެ ރަންވޭއެއް
  •  ރަންވޭގެ ދިގުމިން 2،465 މީޓަރު / ފުޅާމިން ، 45 މީޓަރު
  •  ބޯޓު ޕާކު ކުރާނެ ދެ އޭޕްރަން - ބޮޑު ދެ ބޯޓު / ކުޑަ ތިން ބޯޑު ޕާކު ކުރެވޭނެ
  •   ބޯޓު މަރާމާތު ކުރަން ހެނގަރެއް
  •  އަލިފާން ނިއްވުމުގެ ޒަމާނީ ހިދުމަތް
  •   މުޅި އެއާޕޯޓުގަ ހޮޅި އަޅާފަ 1.6 މެޓްރިކް ޓަނުގެ ފިއުލް ފާމެއް / ތެތޮ ރައްކާކުރާ
  •  އެއާޕޯޓުގެ ހުރހާ މަގެއް ފެންވަރު ރަނގަޅުކޮށް ހަދާނެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.