ރާއްޖެއާ ސިންގަޕޫރާ ދެމެދު ތިން އެއްބަސްވުމެއް

މި އެމްއޯޔޫތަކުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރާއްޖެ-ސިންގަޕޫރާ ދެމެދު 3 އެމްއޯޔޫއެއްގައި ސޮއިކުރަނީ --

ރާއްޖެއާއި ސިންގަޕޫރާ ދެމެދު އެމްއޯޔޫތަކެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މި އެމްއޯޔޫތަކުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި އެމްއޯޔޫތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ދެގައުމުގެ ދެމެދުގައި ސޮއިކުރު އެމްއޯޔޫތަކަކީ؛

  • 1.ގާބިލުކަން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭ އެމްއޯޔޫ
  • 2.ރާއްޖޭގެ ޓޫއިޒަމް މިނިސްޓްރީ އާއި ސިންގަޕޫރުގެ މިނިސްޓްރީ އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަޔަރަމަންޓާ ދެމެދު ސޮއިކުރި އެމްއޯޔޫ
  • 3.މަތީ ތައުލީމާއި ތައުލީމީ ސިޔާސަތާއި ފަންނީ އަދި ވޮކޭޝަނަލް ތައުލީމާއި ދިރާސާގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން، ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ސިންގަޕޫރުގެ އިންސްޓިޓިއުޝަން އޮފް ޓެކްނިކަލް އެޑިއުކޭޝަނާ ދެމެދު ސޮއިކުރި އެމްއޯޔޫ

މި އެމްއޯޔޫތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައި ވަނީ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގަ އެވެ.


ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.