ކުދި ރަށްރަށަށް ދޭނީ ކުދި އެމްބިއުލާންސް: މިނިސްޓަރު

ރާއްޖޭގެ ރަށްރަށުގައި ސިއްހީ ހިދުމަތް ދޭން ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްތަކުގެ ހިސާބުތައް ދައްކާ ގޮތުން 137 ރަށަކަށް އެމްބިއުލާންސް ދީފައި ވެއެވެ.

މިނިސްޓަރު އަހުމަދު ނަސީމް: މިއަދު މަޖިލީހުގައި ސުވާލުތަކަށް ޖަވާބު ދެއްވި

ރާއްޖެ ރަށްރަށަށް އެމްބިއުލާންސް ދޭ ޕްރޮގްރާމްގައި ކުދި ރަށްރަށަށް ދެން ފޮނުވާނީ ކުދި އެމްބިއުލާންސް ކަމަށާއި އެ ގޮތަށް ނިންމައި އެމްބިއުލާންސްތައް ޗައިނާއިން ގެންނަން މަސައްކަތް ކުރާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު ރައްޔިތުންގެ މަޖިލީހުގައި ސާފުކޮށް ދެއްވައިފި އެވެ.

މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރުވައި އެ މަޖިލީހުގަައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެއްސެވީ މިހާރު ވެސް އެމްބިއުލާންސް ނެތް ރަށްރަށް ހުރި އިރު އެރަށްރަށަށް އެމްބިއުލާންސް ފޮނުވާނީ ކޮން އިރަކުތޯ އެވެ؟

ޝިފާއުއަށް ދެއްވާ ޖަވާބުގެ ގޮތުގައި ނަސީމް ވިދާޅުވީ މިހާރުގެ ވިސްނުމަކީ ކުދި ރަށްރަށަށް ކުދި އެމްބިއުލާންސް ފޮނުވުމުގެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.

އިތުރަށް އެކަން ތަފުސީލުކޮށް ދެއްވާން ވެގެން މިނިސްޓަރު ނަސީމް ވިދާޅުވީ ފޮރިން މިނިސްޓަރީ މެދުވެރިކޮށް ޗައިނާއާއެކު ވާހަކަ ދައްކައި ބަގީ ވައްތަރުގެ ކުދި އެމްބިއުލާންސް ޗައިނާއިން ހައްދާނީ ކަމަށެވެ. އަދި ވިދާޅުވީ ކުދިކުދި ރަށްރަށަށް ބޮޑެތި އެމްބިއުލާންސްތައް ފޮނުވުމުން އޭގެ ބޭނުން ނުކުރެވޭ ކަމަށާއި އެ ރަށްރަށުގެ ކުދި މަގުތަކަށް ވެސް އެ ނުފެތޭ ކަމަށެވެ.

ރާއްޖޭގެ ރަށްރަށުގައި ސިއްހީ ހިދުމަތް ދޭން ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްގެ ހިސާބުތައް ދައްކާ ގޮތުން 137 ރަށަކަށް އެމްބިއުލާންސް ދީފައި ވެއެވެ. އެމްބިއުލާންސް ނެތުމުން ސިއްހީ ފަރުވާ ދިނުމުގެ އިމަޖެންސީ ހާލަތުގައި މީހުން އުފުލުން ރާއްޖޭގެ ރަށްރަށުގައި ވަރަށް ބޮޑު މައްސަލައަކަށް ވެފައި ވެއެވެ. އަދި އެފަދަ ހާދިސާތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެ އެވެ.

ކޮމެންޓް

2
450
ނިހާދު ފޭދޫ
1 year ago

ދެ ރަ މީހާއަށް ދެރަށް ގޮތް ކުޑަ ރަށަށް ކުޑަ އެމްބިއުލާންސް ކުޑަ ގައުމަށް ކުޑަ އިންސާފު ރަނގަޅު ނަސީމް މެނަށް އެކަމަކުވެސް ބުނޭ އެއްވެސް ރަށެއ ތަފާތު ނުކުރާ ޕޮލިސީއެކޭ ތަންފިޒު ކުރަނީ

ޖަހާންގިރު
1 year ago

މި ދެން ނަސީމްމެން ދައްކާން ހެޔޮވާވަެރު ވެސް ވާހަކައެއް ނޫން. ކުޑަ ރަށަކަށް ދޭނެ ވެސް ކަމެއް ނެތް. ކުދި ރަށްރަށަށް ގޯނިގަނޑެއް ފޮނުވާ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.