ފައިނޭންޝަލް ޑިސްޓްރިކްޓް ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކޮށްފައިވަނީ ދަފުތަރު ނަމްބަރު ރސ. 8087 ފާތުމަތު ޝާހީން އެވެ.
ޑިވްލޮޕްމަންޓް ބޭންކާއި ގްރޭޓާމާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި އެވެ.
ރާއްޖޭގައި ޑިވްލޮޕްމަންޓް ބޭންކެއް އުފައްދަން ސަރުކާރުން އުފެއްދި ކުންފުނީގެ ބޯޑަށް އައްޔަންކޮށްފައިވަނީ މއ. މާފުނަ، ހަސަން މިރާޝް އާއި މއ. ލަންސިމޫ، އަޒްޔާން ހަމީދުގެ އިތުރުން ދ. ކުޑަހުވަދޫ، ތިކުރީތު މާއިޝާ އިބްރާހިމް އަދި ގއ. ރަތަފަންދޫ، ޗަންބޭލީގެ އަޒްމީން ރަޝީދު އެވެ.
ގްރޭޓާމާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކޮށްފައިވަނީ ދަފުތަރު ނަމްބަރު ރސ. 8087 ފާތުމަތު ޝާހީން އެވެ. އަދި ބޯޑަށް އައްޔަން ކޮށްފައިވަނީ ވ. ސިނަމާލެ، އަހުމަދު ސިރާޖުގެ އިތުރުން ވ. ނަލަދުވެލި، މުހައްމަދު ރިޔާޝްގެ އިތުރުން ސ. ފޭދޫ، ސުހާނާވިލާ، ޝައުޝަން އަފީފު އެވެ.
ބޯޓަށް މެންބަރުން އައްޔަންކުރި ގްރޭޓާމާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ކުންފުންޏަކީ ދިވެހި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޑިޖިޓަލް ފައިނޭންޝަލް ސާވިސަސްއާއި ޑިޖިޓަލް ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމާއި، ބޭންކިންގެ ޚިދުމަތްތައް ހިމެނޭގޮތުން، މާލީ ހިދުމަތްތަކުގެ ސިނާއަތު ދިވެހިރާއްޖޭގައި ކުރިއަރުވުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި، ބައިނަލްއަގުވާމީ މާލީ ހިދުމަތްތަކުގެ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުން ކަމަށް އެ އޮފީހުން ބުންޏެވެ.