ޝަމްއާނާއި އޮފިސަރުންގެ ޝަރީއަތް ފަށައިފި، އެކަކު އިއުތިރާފްގެ އެއްބަސްވުން ހަދައިފި

ލައްސާންގެ ބައި ވަކިން ކުރިއަށް ގެންދަނީ އޭނާ ދައުލަތާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާތީކަން ގާޒީ ފާހަގަކުރައްވާފައިވެ އެވެ. އިބްރާހިމް އަހުމަދުގެ ބައި ވަކިން ކުރިއަށް ގެންދާ ސަބަބު ގާޒީ ފާހަގައެއް ނުކުރައްވަ އެވެ.

ޝަމްއާން މީގެ ކުރީގެ ޝަރީއަތެއްގައި

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައިވާ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދާއި އިތުރު އޮފިސަރުންގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށައިފި އެވެ.

މި މައްސަލައިގައި ޝަމްއާންގެ އިތުރުން ދައުވާކޮށްފައި ވަނީ ތ. ބުރުނި، މޫނިމާގޭ މުހައްމަދު އަލްސަން އިސްމާއިލް އާއި ގ. ހެޕީސައިޑް، އިބްރާހިމް އަހުމަދު އާއި އެގޭ ހަސަން ސެހެޝާންގެ އިތުރުން މ. ހާޒާރީވިލާ، އަހުމަދު ލައްސާން އެވެ. 

މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ތުހުމަތު ކުރަނީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ބިދޭސީ މީހެއްގެ އަތުން ފެނުނު 530،000 މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހޯދި ކަމުގެ ތުހުމަތެވެ.

ކްރިމިނަލް ކޯޓުގައި މިއަދު މައްސަލަ ފަށާފައި ވަނީ ތިން މީހެއްގެ ބައިންނެވެ. އެއީ ޝަމްއާނާއި އަލްސަން އަދި ސެހެޝާންގެ ބައެވެ. މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އިހުސާން ވިދާޅުވީ ލައްސާން އާއި އިބްރާހީމް އަހުމަދުގެ ބައި ގެންދަނީ ވަކިން ކަމަށެވެ.

ލައްސާންގެ ބައި ވަކިން ކުރިއަށް ގެންދަނީ އޭނާ ދައުލަތާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާތީކަން ގާޒީ ފާހަގަކުރައްވާފައިވެ އެވެ. އިބްރާހިމް އަހުމަދުގެ ބައި ވަކިން ކުރިއަށް ގެންދާ ސަބަބު ގާޒީ ފާހަގައެއް ނުކުރައްވަ އެވެ.

މިއަޑުއެހުމުގައި ދައުވާ އިއްވުމާއި ޖަވާބުދާރީވުން ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. ލިޔެކިޔުންތައް އަދިވެސް ހަމަނުވާތީ އެބައި އެހެން އަޑުއެހުމެއްގައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެވެ.

ލައްސާން އަދި އަލްސަންގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ. އިބްރާހިމް އަހުމަދުގެ މައްޗަށް ކުރަނީ ފޭރުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އަދި މަނީ ލޯންޑަރިންގެ ދައުވާ އެވެ.

ސެހެޝާންގެ މައްޗަށް އުފުލާފައި ވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.