ބޭރުގެ ބައެއް ސައިޓުތަކުން ވިޔަފާރިކުރާއިރު 30 ޕަސެންޓާހަމައަށް ފީއެއް ނަގަނީ

މީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނެ އެވެ.

އާންމުކޮށް ދިވެހިން ވިޔަފާރިކޮށް އުޅޭ ބޭރުގެ ބައެއް ސައިޓްތަކުން ވިޔަފާރި ކުރާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ބީއެމްއެލް އިން ވަނީ ޑެބިޓް ކާޑުތަކަަށް ދެމުން ގެންދިޔަ ލިމިޓް މާދަމައިން ފެށިގެން 500 ޑޮލަރަށް މަތިކޮށްފި އެވެ. މި ބަދަލާއެކު ބީއެމްއެލްއިން ވަނީ އިތުރު ބައެއް ބަދަލުތައްވެސް ގެނެފަ އެވެ.

ޑެބިޓް ކާޑު ތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުމެވެ. އެހެންކަމުން މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓްތަކުން ފައިސާ ދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ވަނީ ނިންމާފަ އެވެ. 

އެ ސައިޓްތަކަކީ؛

  •  ޓީމޫ
  •  ޝީއިން
  •  އަލިބާބާ
  •  އަލި އެކްސްޕްރެސް
  •  ލަޒާޑާ
  •  އީބޭ

މީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނެ އެވެ.

ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލަ އެވެ.

ބީއެމްއެލް އިން ބުނީ ބޭންކުން އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދާދިނުމަށް ކަމަށެވެ. ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.