ނޭޝަނަލް އޯކިޑް ގާޑެންއަށް ވަޑައިގަންނަވާ ޝަރަފުވެރި ބޭފުޅުންގެ ނަމުން އޯކިޑަށް ނަން ދިނުމަކީ އެތަނުގެ ސަގާފަތެކެވެ.
ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑެންގައު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންގެ ނަމުން އޯކިޑް ގަހަކަށް ނަން ދީފި އެވެ.
ނޭޝަނަލް އޯކިޑް ގާޑެންއަށް ވަޑައިގަންނަވާ ޝަރަފުވެރި ބޭފުޅުންގެ ނަމުން އޯކިޑަށް ނަން ދިނުމަކީ އެތަނުގެ ސަގާފަތެކެވެ. އެކި ގައުމުތަކުގެ ރައީސުންނާއި ފަސްޓްލޭޑީންގެ ނަން ދީފައި ހުންނަ އެ އޯކިޑް ގަސްތައް ބަހައްޓާފައި ހުންނަނީ ވީއައިޕީ އޯކިޑް ކަލެކްޝަންގަ އެވެ.
ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ގާޑެންއަށް ވަޑައިގަތުމުން އެމަނިކުފާނާއި ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ނަމުން އޯކިޑަކަށް ނަން ދީފައިވާ ކަމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ. މި ލިޔުން ހަވާލުކޮށްދެއްވީ ނޭޝަނަލް އޯކިޑް ގާޑަންގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. ޓެން ޕުޔޭ އެވެ.
އެތަނަށް ކުރެއްވި ޒިޔާރަތުގައި އެ ދެކަނބަލުން ވަނީ އެތަނުގެ ވިޒިޓާސް ފޮތުގައި ސޮއިވެސް ކުރައްވާފަ އެވެ.
އިއްޔެ ސިންގަޕޫރަށް ފެއްޓެވި މި ދަތުރުފުޅު ރައީސްގެ ދެކަނބަލުން ނިންމަވާލައްވާނީ މި ހަފްތާގެ ބުދަ ދުވަހު އެވެ.
އަހުރެންގެ ގޭ މެދުގޯތިތެރޭގައި ހުންނަ ހުވަނދުމައު ގަހުގެ މަލަށް، އަހުރެންގެ ނަމަށް ނިސްބަތްކޮށް ނަން ދީފިން. އެ ނަމަކީ "ޖެޒްމިނުމް ޢަބްޑޫލުކަސް ކީވިއާނައޭ".