މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.
ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމާއި، 10 ރަށެއްގައި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން އެ މަސައްކަތްތަކަށް ޝަރުތު ހަމަވާ ފަރާތްތަކަށް ކުރިމަތިލާން ހުޅުވާލާފައިވާ ކަމަށެވެ.
އިސްލާމީ މަރުކަޒު އަޅަން އިއުލާނުކޮށްފައި ވަނީ ޅ. ނައިފަރާއި ށ. ފުނަދޫ، އ. އިހަވަންދޫ އަދި ގއ. ވިލިނގިލީގަ އެވެ. ނައިފަރު އިސްލާމީ މަރުކަޒުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 126,000 ރުފިޔާ އެވެ. އަނެއް ތިން ރަށުގެ ބޮޑް ސެކިއުރިޓީ އަކީ 102،000 ރުފިޔާ އެވެ.
މިސްކިތް އަޅަން އިއުލާނުކޮށްފައިވާ 10 ރަށަކީ؛
މި ރަށްތަކުގައި މިސްކިތް އެޅުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ 59،000 ރުފިޔާ އާއި 102،000 ރުފިޔާއާ ދެމެދުގެ އަގެކެވެ.
މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.
އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން މަސައްކަތްތަކާއި ބެހޭ ހުރިހާ ލިޔެކިޔުންތަކެއް ސޮފްޓްކޮޕީ ފޯމެޓުގައި ފޯމެޓުގައި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފަ އެވެ.