އެއާ އިންޑިއާ ބޯޓު ވެއްޓުން: ގަސްދުގައި ބޯޓަށް ގެއްލުން ދިންތޯ ވެސް ބަލަނީ

"ބޯޓުގެ ދެ އިންޖީނު އެއްކޮށް ފެއިލްވުމަކީ މީގެ ކުރިން ދުވަހަކުވެސް ދިމާވި ކަމެއް ނޫން،" ދެ އިންޖީނު އެއްފަހަރާ ފެއިލްވެދާނެ ކަމާމެދު ބައެއް ތަޖުރިބާކާރުން އުފައްދާފައިވާ ސުވާލުތަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެވެ.

ވެއްޓުނު އެއާ އިންޑިއާ ބޯޓުގެ ބައެއް އަނދައި ހުލިވެފައި. --ފޮޓޯ: އޭއެފްޕީ

މި މަހު ކުރީކޮޅު، އިންޑިއާ އިން ފުރައިގެން ލަންޑަނަށް ދަތުރުކުރި އެއާ އިންޑިއާގެ ބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގުގައި އެކަން ހިނގަން މެދުވެރިވެދާނެ އެއްބެސް ސަބަބެއް އިސްތިސްނާ ނުކުރާނެކަމަށް އިންޑިއާގެ ވައިގެ ދަތުރުފަތުރާބެހޭ މިނިސްޓަރަކު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 12 ވަނަ ދުވަހު އެ ބޯޓު އަހުމަދުއާބާދުގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓިފައިވަނީ، ބޯޓު ނައްޓައިލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. އެ ހާދިސާގައި 243 މީހުންގެ ތެރެއިން އެކަކު ފިޔަވައި، އެހެން އެންމެން ވަނީ މަރުވެފަ އެވެ. 

އެ އެ ބޯޓު ވެއްޓުނު ސަރަހައްދުން އިތުރު 19 މީހަކު މަރުވެފައިވާ ކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރު މުރުލިދާރު މޮހޯލް، އިންޑިއާގެ ނިއުސް ޗެނަލް އެންޑީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ބޯޓަށް ގަސްދުގައި ގެއްލުމެއް ދީފައިވުމުގެ ފުރުސަތު އޮތްތޯ ސުވާލުކުރުމުން ވިދާޅުވީ، މި ހާދިސާގެ ތަހުގީގައި "ހުރިހާ އޭންގަލްތަކަކުން" ބަލާނެ ކަމަށެވެ.

"ބޯޓުގެ ދެ އިންޖީނު އެއްކޮށް ފެއިލްވުމަކީ މީގެ ކުރިން ދުވަހަކުވެސް ދިމާވި ކަމެއް ނޫން،" ދެ އިންޖީނު އެއްފަހަރާ ފެއިލްވެދާނެ ކަމާމެދު ބައެއް ތަޖުރިބާކާރުން އުފައްދާފައިވާ ސުވާލުތަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެވެ. 

ނަމަވެސް، ތަހުގީގު ކުރިއަށްދަނިކޮށް، މި ވަގުތު ސީދާ ވަކި އެއްޗެއް ބުނުން ރަނގަޅުނުވާނެ ކަމަށް މޮހޯލް ވިދާޅުވި އެވެ. 

އެ ހާދިސާގެ ތަހުގީގަށް ވަނީ ވެއްޓުނު ބޯޓުގެ ކަޅު ފޮށި ހޯދައި، އޭގައި ހުރި މައުލޫމާތުތައް ދިރާސާކުރުމުގެ މަސައްކަތް ފަށައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.