ބޮޑެތި ލުއިތަކާއެކު ހަލާލް ޓޫރިޒަމަށް ފަސް ރަށް ހުޅުވާލައިފި

"މިއީ ހަމަ ޓޫރިޒަމް ޑައިވާސިފިކޭޝަންގައި ހިމެނޭ ބައެއް. އެހެން ސްޕޯޓް އަދި ކަލްޗަރަލް ޓޫރިޒަމް ގޮތަށް. މިއީ އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމެއް،" ތޯރިގު ވިދާޅުވި އެވެ.

ދުނިޔޭގައި 300 ބިލިއަން ޑޮލަރަށްވުރެ ބޮޑު މާކެޓެއް އޮތް ހަލާލް ޓޫރިޒަމް / އިސްލާމިކް ޓޫރިޒަމަށް ރިސޯޓްތަކެއް ނެރެން ނިންމައި ރަށްތައް ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ރަށްތައް ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. އާއި ހދ. އަދި ށ. އަތޮޅުގެ އިތުރުން ތ. ލ. އަތޮޅުންނެވެ. މިއަދު ޖުމްލަ 31 ރަށެއް ހުޅުވާލިއިރު ކޮންމެ އަތޮޅަކުން އެއް ރަށް ހާއްސަކޮށްފައިވަނީ އިސްލާމިކް ޓޫރިޒަމަށް ހާއްސަ ޑްރައި ރިސޯޓު ކޮންސެލްޓަށް ތަރައްގީ ކުރުމަށެވެ.

މި ރަށްތައް ހުޅުވާލި ސަބަބާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި "މިރާ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓޫރިޒަމާއި ތިމާވެށީގެ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ މި ރަށްތަކުގެ ސަބަބުން ދިވެހި ޓޫރިޒަމްގެ ބްރޭންޑަށް އެއްވެސް ބަދަލެއް އަތުވެދާނެ ކަމަށް ނުވެލެވެ އެވެ.

"މިއީ ހަމަ ޓޫރިޒަމް ޑައިވާސިފިކޭޝަންގައި ހިމެނޭ ބައެއް. އެހެން ސްޕޯޓް އަދި ކަލްޗަރަލް ޓޫރިޒަމް ގޮތަށް. މިއީ އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމެއް،" ތޯރިގު ވިދާޅުވި އެވެ.

  •  އިސްލާމިކް ރިސޯޓުތަކުގެ ހާއްސަ ސިފަތައް
  •  އާއްމު ރިސޯޓްތަކާ ހިލާފަށް ސްޓާފުންނާއި ޓޫރިސްޓުންނަށް ވަކި މިސްކިތް
  •  ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދު ކުރެވޭނެ ގޮތް
  •  ހުރިހާ ކެއުންތައް ތައްޔާރު ކުރާ ތަންތަން ހަލާލް ސެޓިފައިޑް ވާނެ
  •  އޫރުމަހާއި ރާ ނުވިއްކާނެ
  •  ހާރު ކެއުމާއި ރޯދަ ވީއްލުން ފަދަ ދީނީ އަޅުކަން ތަކަށް ޓޫރިސްޓުނަށް ހާއްސަ އިންތިޒާމު
  •  ސްޓާފުންގެ ޑްރެސްކޯޑު ވެސް ޝަރިއްޔާ ކޮމްޕެއިން މިންގަނޑަށް

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހަލާލް ޓްރެވަލާސް ނުވަތަ ހަލާލް ޓޫރިޒަމްގެ މާކެޓުގެ އަގު މި އަހަރު ހުރީ 300 ބިލިއަން ޑޮލަރުގަ އެވެ. އަދި 2035 ވަނަ އަހަރު މި އަދަދު 500 ބިލިއަން ޑޮލަރަށް އުފުލިގެންދާނެ އެވެ. މިއީ އޭޝިއާ އާއި ޔޫރަޕު އަދި ދެކުނު އެމެރިކާ އަދި މެދެއިރުމަތިންވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ މާކެޓެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.