ޓޫރިޒަމް މިނިސްޓްރީން މިފަހަރު މަޝްރޫއުތައް ހިންގަން ގުޅުވާލާފައިވަނީ ހއ، ހދ، ށ، ތ، ލގެ އިތުރުން އައްޑު އަތޮޅުގަ އެވެ. މި ރަށްތައް ކަމަށް ގާތްގަނޑަކަށް 30-70 ޕަސެންޓު ހެޔޮކޮށްފަ އެވެ.
އެކުއެޒިޝަން ކޮންސްޓާއި ޑިއުޓީގެ އިނާޔަތް އަދި ކުލި ދެއްކުމުގެ ފަސޭހަތައް ހިމެނޭ ގޮތަށް ޓޫރިޒަމް ނެތް ސަރަހައްދުތަކަށް ޓޫރިޒަމް ގެންދަން 31 ރަށާއި ފަޅު މިއަދު ހުޅުވާލައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގައި ހިމެނޭ ޓޫރިޒަމް ނެތް ސަރަހައްދުތަކަށް ޓޫރިޒަމް ފުޅާ ކުރަން ކުރައްވާ މަސައްކަތުގެ ތެރޭން މި ފަހަރު ރަށްތަކާއި ފަޅު ހިމެނޭހެން 31 ތަނެއް ވަނީ ހުޅުވާލާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިފަހަރު މަޝްރޫއުތައް ހިންގަން ގުޅުވާލާފައިވަނީ ހއ، ހދ، ށ، ތ، ލގެ އިތުރުން އައްޑު އަތޮޅުގަ އެވެ. މި ރަށްތައް ކަމަށް ގާތްގަނޑަކަށް 30-70 ޕަސެންޓު ހެޔޮކޮށްފަ އެވެ.
މި އަތޮޅުތަކުން ދިން ލުއިތަކުގެ ތެރޭގައި އޯޕަން ބިޑިންގެ އުސޫލުންނާއި ކްރޮސް ސަބްސިޑީގެ ދަށުން ދޫކުރާ ތަންތަނުގެ ހެކްޓަރަކަށް ނަގާ ރޭޓުތައް ކުޑަކުރުން ހިމެނެ އެވެ. އަދި، ކްލޯސް ބިޑިންގެ ދަށުން ދޫކުރާ ބައެއް ފަޅުތަކުން ލޮކޭޝަން ޕްރިމިއަމް އުނިކުރުން ހިމެނެ އެވެ.
ކްލޯޒް ބިޑިންގެ ދަށުން ދޫކުރާ ތަންތަނަށް ދިން ލުއިތަކުގެ ތެރޭގައި، ހއ، ހދ، ށ، ތ އަދި ލ އަތޮޅުގެ ފަޅުތަކުގެ ޕްރީމިއަމް 30 ޕަސެންޓު ކުޑަ ކުރުމާއި ތ އަތޮޅުގެ ރަށްރަށަށް އިން ލޮކޭޝަން ޕްރެމިއަމް އުނިކުރުން ހިމެނެ އެވެ. އަދި، ހއ، ހދ ،ށ، ތ އަދި އައްޑޫ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް ފަޅުތަކުން އުނިކުރުން ވެސް ހިމެނެ އެވެ.
އޭގެ އިތުރުން، ލ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރެމިއަމް 150،000 ޑޮލަރުން 100،000 ޑޮލަރަށް ވަނީ ކުޑަކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި، ކްރޮސް ސަބްސިޑީގެ ބޭނުމަށް ދޫކުރާ ތަންތަނަށް ދިން ލުއިތަކުގެ ތެރޭގައި، ހއ، ހދ، ށ، ތ، ލ އަދި އައްޑު އަތޮޅުގެ 20 އާއި 40 އާ ދެމެދުގެ ހެކްޓަރުގެ ރަށްތަކަށް ދީފައިވާ ސައިޒް ޕްރެމިއަމްތައް އުނިކުރުން ހިމެނެ އެވެ.
އަދި، ހަ އަތޮޅުގެ 40 ހެކްޓަރަށްވުރެ ބޮޑެތި ރައްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް 2،000،000 ޑޮލަރުން 1،000.000 އެމެރިކާ ޑޮލަރަށް ވަނީ ކުޑަކޮށްފަ އެވެ.