މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ކުރާ އަސަރު ބަލަނީ

އެގޮތުން، ބާޒާރުގެ އަގުތަކާއި ވިޔަފާރީގެ މުއާމަލާތްތަކަށް ކުރިމަތިވެދާނެ އުނދަގޫތައް ދެނެގަތުމަށް ގުޅުން ހުރި މުވައްސަސާތަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު

އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ އަސަރުތައް ބަލަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އީރާނާއި އިޒްރޭލާ ދެމެދު ހަމަލާ ބަދަލު ކުރުން ފަށާފައި ވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ. މި ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވެސް ވަދެ، އީރާނަށް ވަނީ ހަމަލާ ދީފަ އެވެ.

މިކަމާ ގުޅިގެން ޒަމީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެދުއިރުމަތީގެ ހާލަތުގެ ސަބަބުން ތެލުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާއި ފުޑް ސެކިއުރިޓީ އަދި މުޅި މާލީ ނިޒާމަށް ގެންނަން ޖެހޭ ހަމަޖެހުންތައް ގެނައުމަށްޓަކާ ކުރެވިދާނެ ކަންކަން ސަރުކާރުން ބަލަމުންދާ ކަމަށެވެ.

އެގޮތުން، ބާޒާރުގެ އަގުތަކާއި ވިޔަފާރީގެ މުއާމަލާތްތަކަށް ކުރިމަތިވެދާނެ އުނދަގޫތައް ދެނެގަތުމަށް ގުޅުން ހުރި މުވައްސަސާތަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެމެރިކާ އިން އީރާނުގެ ނިއުކްލިއަ ޕްލާންޓްތަކަށް ހަމަލާ ދިނުމުން ބަދަލު ހިފުމުގެ ގޮތުން އީރާނުން ރޭ ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސް އަބޫއުބައިދާ އާއި އިރާގުގައި ހުންނަ އަސްކަރީ ބޭހަށް ހަމަލާ ދީފަ އެވެ. މި ހަމަލާތަކާއެކު ދުނިޔޭގެ އެންމެ ބޮޑު ޓްރާންސިޓް ޕޮއިންޓް ކަމަށްވާ ދޯހާ އާއި ޔޫއޭއީގެ ވައިގެ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފަ އެވެ.

ޒަމީރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގް ވެސް ވަނީ މެދުއިރުމަތީގެ ހާލަތު ދިރާސާކޮށް ޓޫރިޒަމް ދާއިރާއަށް ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަތުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.