ކޮމިޝަނަށް ދޮގު ބަޔާން ދިން ދާއޫދު މަގާމުން ވަކިކޮށްފި

ހައްވާ ޔުމްނު ރަޝީދު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގުކުރަން އެކުލަވައިލި ރިޔާސީ ކޮމިޝަނުން ވަނީ ދާއޫދުއަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުރި ދާއޫދު އަހުމަދު

ހައްވާ ޔުމްނު ރަޝީދު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގުކުރަން އެކުލަވައިލި ރިޔާސީ ކޮމިޝަނަށް ދޮގު ބަޔާން ދިން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ، ދާއޫދު އަހުމަދު މަގާމުން ވަކިކޮށްފި އެވެ.

އޭނާ މަގާމުން ވަކިކޮށްފައި ވަނީ ރިޔާސީ ކޮމިޝަނުން ދާއޫދަށް ބޮޑެތި ތުހުމަތުތަކެއްކޮށް އެކަންކަން އިތުރަށް ތަހުގީގުކުރަން ލަފާ ދީފައި ވަނިކޮށެވެ. ދާއޫދު އަށް ތުހުމަތު ކުރަނީ ކޮމިޝަނަށް ދޮގު ބަޔާން ދިން މައްސަލައެ އެވެ. 

ދާއޫދުތައް ކުރާ އެއް ތުހުމަތު - ރަސްމީ އިދާރާތަކަށް ދޮގު ހެކި ދިނުމަކީ ގާނޫނުލްއުގޫބާތުގެ އަދަބު ކަނޑައަޅާފައިވާ ކުށެކެވެ. މިއީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ކުށެކެވެ. އަދި އެންމެ މަތީ އަދަބަކީ އެއް އަހަރަށް ޖަލަށް ލުމެވެ.

އޭޕްރީލް 18 ގައި ޔުމްނު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހާދިސާއަށް ފަހު އެ މައްސަލަ ހޫނުވެގެން ހިނގާ ދިޔަ ކަންތައްތަކުގައި ދާއޫދު މިހާތަނަށް ހުރީ ސަސްޕެންޑުކޮށްފަ އެވެ. އޭނާއަކީ ޔޫތު ކައުންސިލުގެ ވެސް މެންބަރެކެވެ. އޭނާ ވަނީ އެ މަގާމުން ވެސް ވަކިކޮށްފަ އެވެ. ދާއޫދު މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާ ތަން ފެންނަ ފޮޓޯ އާއި ވީޑިއޯތަކެއްވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. 

މި މައްސަލާގައި ޔުމްނުއާ އެކީ އޭނާ ވެއްޓުނު އިމާރާތަށް ވަނީ ދާއޫދުގެ ކޮއްކޮ ރަައުދު އަހުމަދު ޒިލާލް އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.