ކުވެއިތަށް ކަނޑައެޅި ނޮން-ރެޒިޑެންޓު ސަފީރު ސަރީރު، ފަތްކޮޅު އަރުވައިފި

ރާއްޖޭން ކުވެއިތުގެ ނޮން-ރެޒިޑެންޓް ސަފީރަކަށް ކަނޑައެޅި ސަރީރަކީ، ރާއްޖޭން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.

ފަތްކޮޅު އެރުވުމަށްފަހު، ސަރީރު ކުވެއިތުގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭން ކުވެއިތަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރު އަހުމަދު ސަރީރު، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ކުވެއިތުގެ ހާރިޖީ ވަޒީރު އަބްދުالله އަލީ އަބްދުﷲ އަލް ޔަހްޔާ އަށް މިއަދު އަރުވައިފި އެވެ.

ރާއްޖޭން ކުވެއިތުގެ ނޮން-ރެޒިޑެންޓް ސަފީރަކަށް ކަނޑައެޅި ސަރީރަކީ، ރާއްޖޭން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ. 

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ކުވެއިތުގެ ހާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމުގައި ސަރީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ކުވެއިތުގެ ވެރިންނަށާއި، ކުވެއިތު ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ. 

ސަރީރު މިއަދު ކުވެއިތުގެ ހާރިޖީ ވަޒީރަށް ސަފީރުކަމުގެ ފަތްކޮޅު އަރުވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

އަދި ރާއްޖެ އާއި ކުވެއިތާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ރިޔާއަށްކުރައްވައި، ތަރައްގީގެ ތަފާތު މަޝްރޫއުތަކަށް ކުވެއިތުން ވެދޭ އެހީތެރިކަން ފާހަގަކުރައްވައި އެ ކަމަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި ރާއްޖެ އާއި ކުވެއިތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އެރުވި އެވެ.

ކުވެއިތުގެ ހާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ސަފީރުކަމުގެ އާ ދައުރު ފެއްޓެވުމާ ގުޅިގެން ސަރީރަށް މަރުހަބާ ވިދާޅުވި އެވެ. އަދި ރާއްޖޭން ކުވެއިތަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަން ހާމަކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.