ނަމަވެސް އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ދުވާލަކު ދެ ފްލައިޓް އޮޕަރޭޓް ކުރުމަށް ނިންމާފައިވާ ކަމަށް އެއާ އަރަބިޔާ އެއާލައިނުން ވަނީ އިއުލާނުކޮށްފަ އެވެ.
ޑިމާންޑު ބޮޑުވުމުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ބަޖެޓު އެއާލައިނެއް ކަމަށްވާ އެއާ އަރަބިޔާގެ ދަތުރުތައް އިތުރު ކުރަން ނިންމައިފި އެވެ.
ދުނިޔޭގެ ގިނަ ކަނެކްޓިވިޓީ އާއި ވިޔަފާރީގެ ފުރުސަތުތަކެއް އޮތް ޔޫއޭއީގެ ޝާރުޖާއާ ރާއްޖެއާ ދެމެދު އެއާ އަރަބިޔާގެ ސީދާ ދަތުރުތައް ފަށާފައި ވަނީ އޮކްޓޯބަރު 27، 2024 ގަ އެވެ. ޝާރުޖާ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ދެމެދު އެއާ އަރަބިޔާ އިން މިހާރު އޮޕަރޭޓް ކުރަނީ ދުވާލަކު އެއް ފްލައިޓެވެ.
ނަމަވެސް އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ދުވާލަކު ދެ ފްލައިޓް އޮޕަރޭޓް ކުރުމަށް ނިންމާފައިވާ ކަމަށް އެއާ އަރަބިޔާ އެއާލައިނުން ވަނީ އިއުލާނުކޮށްފަ އެވެ. އެގޮތަށް ނިންމާފައި ވަނީ ޑިމާންޑް ބޮޑުވުމުގެ ސަބަބުން ކަމަށް ވެސް ބުނެފައިވެ އެވެ.
އެއާ އަރަބިޔާގެ އިން މިހާރު ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުން ކުރާނީ އެއާބަސް އޭ320 މަތިންދާ ބޯޓެވެ. މިއީ ދަތުރުވެރިންނަށް އަރާމު މަތިންދާ ބޯޓެވެ. މި ފްލައިޓުގައި އިން ފްލައިޓް ސްޓްރީމިން އާއި އިން ފްލައިޓް ހިދުމަތް ލިބޭނެ އެވެ.
އެއާ އަރަބިޔާ އަކީ މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ ފުރަތަމަ އަދި އެންމެ ބޮޑު ލޯ-ކޮސްޓް ކެރިއާ އެވެ. މި އެއާ ލައިނުން މެދުއިރުމަތި އުތުރު އެފްރިކާ އަދި އޭޝިއާ އާއި ޔޫރަޕްގެ 170 އަށްވުރެ ގިނަ މަންޒިލަށް ދަތުރުކުރެ އެވެ.