ކަސްޓަމްސް އިން މިރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތީ މަގުމަތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާނެ
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަސްޓަމްސް އިން މިރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތީ މަގުމަތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް އިހްސާން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
"މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ގާނޫނު ދަނީ އަރާހަމަކުރަމުން،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމްސްއިން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ތިހެން ކިޔަކިޔާ އިންދާ އަޑުފަތް ކިޔާ ބާރަށް ކުރިއަރަމުން މިތިބަ ދަނީ. ކޮބާ ތީގެ ނުފެންނަ ހާ ތަކެތި. ތީ ކުޅޭ ކުޅޭ ގޭމެއް. ތީ ހަމަ ފައިސާ ގެ ދަހިވެތި ކަމުގައި ހުރިހާ އެންމެން ވެގެން ހިންގާ އެންމެން ދަންނަ ސިއްރު ޖަރީމާ. ތިކަމެއް ނުހުއްޓުވޭނެ. އެކަން އެގޭ ތި ސަރުކާރުގައާ މަޖިލިސްގައި ތިބި މީހުންނަށް ބަލާލުމުން. ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެ.