ކެޓްރީނާ ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަށްވި ވާހަކަ މުޅި އިންޑިއާގައި

އިންޑިއާގެ ސޯޝަލް މީޑިއާގައި އެންމެ ގިނަ ފޮލޯވަރުން ތިބި ފަސް ތަރިންގެ ތެރޭގައި ހިމެނޭ ކެޓްރީނާ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް އެމްބެސެޑަރުގެ ގޮތުގައި އެމްއެމްޕީއާރުސީން ހަމަޖެއްސީ މިއަދު އެވެ.

ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް އެމްބެސެޑަރު ކެޓްރީނާ ކައިފް

ރާއްޖޭގެ ބްރޭންޑް އެމްބެސެޑަރަކަށް ހޮލީވުޑްގެ އެންމެ މަޝްހޫރު އެއް ތަރި ކަމަށްބާ ކެޓްރީނާ ކައިފް ހަމަޖެއްސުމާއެކު މުޅި އިންޑިއާގެ ސޯޝަލް މީޑީއާ އާއި މެއިން ސްޓްރީމް މީޑިއާގައި އެ ވާހަކަ ހިނގައިފި އެވެ. 

އިންޑިއާގެ ސޯޝަލް މީޑިއާގައި އެންމެ ގިނަ ފޮލޯވަރުން ތިބި ފަސް ތަރިންގެ ތެރޭގައި ހިމެނޭ ކެޓްރީނާ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް އެމްބެސެޑަރުގެ ގޮތުގައި އެމްއެމްޕީއާރުސީން ހަމަޖެއްސީ މިއަދު އެވެ. މިއާއެކު އިންޑިއާގެ ހުރިހާ ނޫސްތަކެއްގައި ވަނީ މި ހަބަރު ގެނެސްދީފަ އެވެ. 

އިންޑިއާގެ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެއްގައި މިހާރު އޮތީ މި ވާހަކަ އެވެ. ބައެއް މީޑިއާތަކުން ވަނީ މިއާއެކު ރާއްޖެ އަންނަ އިންޑިއާ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ބުނެފަ އެވެ. އަދި މިއީ ރާއްޖޭގެ މޫނުމަތި ރީތިކުރަން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައިވެސް ބައެއް މީޑިއާތަކުގައި ސިފަކޮށްފައިވެ އެވެ. 

ރާއްޖޭގެ މަތީ ފަންތީގެ ޓޫރިޒަމް ދުނިޔޭގެ އެންމެ އާބާދީ ބޮޑު އެއް ގައުމު ކަމަށްވާ އިންޑިއާގައި އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން ނެގ މިފިޔަވަޅާ ބެހޭ ގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ ކެޓްރީނާ ފަދަ ނުފޫޒުގަދަ ތަރިއެއް ހަމަޖެއްސުމުގެ ސަބަބުން މީގެ ގިނަ ފައިދާތަކެއް ރާއްޖެއަށް ކުރާނެ އެވެ.

 "ހާއްސަކޮށް ދުނިޔޭގެ މުހިންމު މާކެޓުތަކުގައި އަޅުގަނޑުމެންގެ ސަމާ ސޭލް ޕްރޮމޯޝަން ފަށައިގަންނައިރު ކެޓްރީނާގެ ހިތްގައިމު ކެރެކްޓާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބެލުންތެރިންނާ ގެންގުޅޭ ގާތް ގުޅުމުގެ ސަބަބުން އޭނާއަކީ ފާއިތުވި ފަސް އަހަރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން ކަމަށްވާ ސަނީ ސައިޑް އޮފް ލައިފްއަށް ވަރަށް އެކަށީގެންވާ، ނަމޫނާ އެމްބެސެޑަރެއްކަން ޔަގީން." ޝިއުރީ ވިދާޅުވި އެވެ.

ކެޓްރީނާ ކައިފަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަންނާނެއް އަދި އެވޯޑް ހާސިލްކޮށްފައިވާ ވިޔަފާރިވެރިއެކެވެ. ބްލޮކްބަސްޓާ ފިލްމުތަކުގެ މަޝްހޫރު ފިލްމްތައް ކުޅެ ޝަރަފުވެރި ގިނަ އެވޯޑްތަކެއް ހޯދާފަ އެވެ. އިންޑިއާގެ ސިނަމާއަށް އޭނާ ކޮށްދީފައިވާ ހިދުމަތްތަކަކީ ވަރަށް ފުރިހަމަ ހިދުމަތްތަކެކެވެ. މީގެ ވިޔަފާރީގައި އަންހެނުންގެ ދައުރު ކަނޑައެޅުމުގެ ގޮތުން އޭނާ ވަނީ ވިޔަފާރިވެރިކަމުގެ ހުނަރު ދައްކައިފަ އެވެ.

ފޯބްސް އައިކަން އޮފް އެކްސެލެންސްގެ ޝަރަފު ހާސިލްކޮށްފައިވާ ކެޓްރީނާ ވަނީ ވިޔަފާރި އާއި މުނިފޫހިފިލުވުމުގެ ގުޅުމުގައި އޭނާއަކީ ލީޑިން ވޮއިސްއެއްކަން ސާބިތުކޮށްދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.