ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ރަޝީދު އަވަހާރަ ވެއްޖެ

އެންމެގެ ބަހުންނަމަ ރަޝީދުބެ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އަވަހާރަވީ މިއަދު އައިޖީއެމްއެޗްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ރަޝީދު އަވަހާރަ ވެއްޖެ އެވެ. 

މިދިޔަ ދައުރުގައި ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި މަޖިލީސް މެންބަރުންގެ ރަޝީދުބެ އަަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު އައިޖީއެމްއެޗްގަ އެވެ. އެ ބައްޔަށް ރަޝީދު ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސް ތަކެއް ވަނީ ވެފަ އެވެ. 

ރަޝީދަކީ ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. މިދިޔަ 18 ވަނަ މަޖިލީހުގައި ގައްދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ރަޝީދުބެ ވަނީ މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީ ގައުމީ ތަރައްގީގެ ކޮމެޓީގައިވެސް މަސައްކަތް ކުރެއްވި އެވެ. މިގޮތުން ބިމާ ބެހޭ ގާނޫނާއި ޓެކުހާ ބެހޭ ގާނޫނުތަކަށް ރަޝީބުގެ ސްޕޮންސާ ކުރައްވައި ސަރުކާރުގެ ފަރާތުން އިސްލާހުތައް އޭރު ހުށަހެޅުއްވި އެެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.