މަޝްރޫއުގެ ދަށުން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ގޮނޑުދޮށް ހިމާޔަތް ކުރަން ރިވެޓްމަންޓް ޖެހުމާއި ޖިއޯ ބޭންގް ޖެއްސުމުގެ 88 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި މުޅި މަޝްރޫއުގެ 58 ޕަސެންޓް މަޝްރޫއު ވަނީ ފުރިހަމަވެފަ އެވެ.
ސަރުކާރުގެ އެންމެ ގިނަ މަސައްކަތް ކުރާ ކުންފުނި އެމްޓީސީސީއިން ހަދަމުންދާ ފ. ނިލަންދޫ ބަނދަރުގެ މުޅި މަޝްރޫއުގެ 58% ނިމިއްޖެ އެވެ.
އެމްޓީސީސީ އިން ބުނީ މަޝްރޫއުގެ ދަށުން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ގޮނޑުދޮށް ހިމާޔަތް ކުރަން ރިވެޓްމަންޓް ޖެހުމާއި ޖިއޯ ބޭންގް ޖެއްސުމުގެ 88 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި މުޅި މަޝްރޫއުގެ 58 ޕަސެންޓް މަޝްރޫއު ފުރިހަމަވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ނިލަންދޫގައި އެމްޓީސީސީ ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި އެއާޕޯޓް މަޝްރޫއަށް ބިން ހިއްކުމާއެކު އެއާޕޯޓް ތަރައްގީ ކުރުން ހިމެނެ އެވެ. މި މ މަޝްރޫއުގެ ދަަށުން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން 1،399،900.00 ކިއުބިކް މީޓަރުގެ ވެލި ނަގައިގެން ހިއްކާނެ އެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރަން 1،400 މީޓަރުގެ ޖިއޯ ބެގްސް ޖައްސައި ރިވެޓްމަންޓުގެ ގޮތުގައި 1،657 މީޓަރުގެ "ފާރެއް" ހަދާނެ އެވެ. މީގެ އިތުރުން 432 މީޓަރުގެ ރޮކް ބޮޑު ހިޔަވެސް ޖައްސާނެ އެވެ.