ޝެއިހު ފަރީދުގެ ޖަނާޒާ ބާއްވާނީ މެލޭޝިއާގައި

އާއިލާ އިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޖަނާޒާ ރާއްޖޭގައި ބާއްވަން ހަށިގަނޑު މާލެ ގެނައުމަށެވެ. ނަމަވެސް މެލޭޝިއާގެ ގާނޫނު އޮންނަ ގޮތުން ހަަށިގަނޑު ގެންނަނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ އާއިލާއިން އެކަން ކުރަން ނުވީ އެވެ.

ދީނީ އިލްމުވެރިޔާ ކަމަށްވާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދު -- މިއަދު

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަން އާއިލާއިން ނިންމައިފި އެވެ. 

އާއިލާ އިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޖަނާޒާ ރާއްޖޭގައި ބާއްވަން ހަށިގަނޑު މާލެ ގެނައުމަށެވެ. ނަމަވެސް މެލޭޝިއާގެ ގާނޫނު އޮންނަ ގޮތުން ހަަށިގަނޑު ގެންނަނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ އާއިލާއިން އެކަން ކުރަން ނުވީ އެވެ. 

ޝެއިހް ފަރީދު އަވަހާރަވެފައިވަނީ އިއްޔެ ވަގުތެއްގައި މެލޭޝިއާއަށް ވަޑައިގެންނެވިތަނުން އެއާޕޯޓުގައި ހުންނަވަނިކޮށެވެ. ޝެއިހު މެލޭޝިއާއަށް ވަޑައިގަތީ އަމިއްލަ ޖަމިއްޔާއަކާ ގުޅިގެން ދަރުސެއް ދެވުމަށެވެ.  

ޝެއިހް ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި ބޭފުޅެކެވެ، އަދި އެ މަނިކުފާނަކީ ދަރުސް ދެއްވާއިރު އާދަޔާ ހިލާފު ޖޯޝެއްގައި ގިނަ ބަޔަކު ޝައުގުވެރިވާ ގޮތަށް ދަރުސް ދެއްވާ ޝެއިހެކެވެ. މީގެ އިތުރުން ޝެއިހު ފަރީދުއަކީމަޝްހޫރު އޮގަސްޓް 12 އަދި 13ގެ ހަރަކާތާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނިވަޑައިގެންވި ބޭފުޅެކެވެ. އަދި އެމްޑީޕީ އުފެއްދުމުގައިވެސް އެންމެ އިސް ސަފުގައި ހަރަކާތްތެރިވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.