ޖާހުގެ ފްލެޓްތައް ނިންމަން އެންމެފަހުން އާރުސީސީއަށް

ވިޔަފާރިވެރިޔާ ޖައުފަރު އީސާ އާދަމް (ޖައުޝާ ޖައުފަރު) ގެ ކުންފުނިން ހުޅުމާލޭގައި ތަރައްގީ ކުރަމުން ދިޔަ "ދަ ގާޑަން" ހަދަމުން ގެންދާތާ އަށް އަހަރުވެއްޖެ އެވެ. ފްލެޓް ގަތް މީހުންގެ އަތުން ފައިސާ ނެގިނަމަވެސް ތަން ނިންމާފައެއް ނުވެ އެވެ.

ޖާހުގެ ގާޑަން ނުނިމިގެން އެ ކުންފުނީގެ ވެރިޔާއާ ދެކޮޅަށް މީގެ ކުރިން މުޒާހަރާ ކުރަނީ -- ދައުރު

ޖާހު އިންވެސްޓްމަންޓް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރަމުން ދިޔަ "ދަ ގާޑަން" ގެ މަަސައްކަތް ނިންމަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ އެޗްޑީސީ އިން ހަވާލުކޮށްފި އެވެ. 

މަޝްހޫރު ވިޔަފާރިވެރިޔާ ޖައުފަރު އީސާ އާދަމް (ޖައުޝާ ޖައުފަރު) ގެ ކުންފުނިން ހުޅުމާލޭގައި ތަރައްގީ ކުރަމުން ދިޔަ "ދަ ގާޑަންސް" ފްލެޓްތަކަކީ ހުޅުމާލޭގައި ތަރައްގީ ކުރަމުން ދިޔަ އެންމެ ފެންވަރު މަތީ އެއް ފްލެޓްތަކެވެ. ނަމަވެސް މި ފްލެޓުތައް ނިންމަން ބުނި މުއްދަތު ފަހަނަ އަޅައި ގޮސް އަށް އަހަރު ވެގެން ދިޔައިރުވެސް އަދިވެސް ނުނިމެ އެވެ. 

"ދަ ގާޑަން" ގެ ނަމުގައި މި ފްލެޓުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. ނަމަވެސް އެ ކުންފުންޏަކަށް ނުނިންމުނެވެ. ޖާހު ކުންފުނިން ވަނީ މި ފްލެޓްތަކުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އެތަނުގައި 27 ސުއިޓާއި 54 ވިލާ ހިމެނޭ ގޮތަށް ޖުމްލަ 83 ލަގްޒަރީ ޔުނިޓް ހުރެ އެވެ. އަދި އެތަންތަން އެޑްވާންސްކޮށް ވިއްކައި މީހުންގެ އަތުން ވަނީ ފައިސާ ވެސް އެ ކުންފުނިން ވަނީ ނަގާފަ އެވެ. ނަމަވެސް އެތަން ނުނިންމުމުން އެކި ފަހަރު މަތިން ފުރުސަތު ދިނުމަށްފަހު އެންމެ ފަހުގެ ފުރުސަތު ދިނީ މި އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ. 

އެޗްޑީސީން ގާނޫނީ ނޯޓިސްގެ މުއްދަތު ކަމަށްވާ 45 ދުވަހުގެ ތެރޭގައި އެޕާޓުމަންޓްގެ މަސައްކަތް ވެސް ނިންމިފައެއް ނުވެ އެވެ.
އެހެންވެ އެޗްޑީސީ އިން ވަނީ ތަން އަތުލާފަ އެވެ. ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަނުން ވަނީ ހުޅުމާލޭ ފޭސް އެކެއްގައި "ދަ ގާޑަން" ފްލެޓްތައް އިމާރާތްކުރާ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ބޭންކުތަކުގައި ފައިސާ ހުރިނަމަވެސް ފްރީޒް ކުރަން އަމުރުކޮށްފަ އެވެ. ނަމަވެސް ބިލް އަތުލުން ހުއްޓުވަން ސިވިލް ކޯޓަށް ޖާހު ކުންފުނިން މައްސަލަ ލުމުން ވަނީ އެފަދަ އަމުރެއް ނެރެނުދީފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.