މިދިޔަ މަހުގެ ކަަރަންޓު ބިލްތައް ތައްޔާރުކުރީ ކުޑަކުރި ޓެރިފުގަ

ސްޓެލްކޯ އިން ބުނީ މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ އެވެ.

ސްޓެލްކޯ މުވައްޒަފުން އިންޖީނު ގެއެއްގައި މަސައްކަތް ކުރަނީ

ކަރަންުޓު ބިލް ކުރަމުން ދިޔަ ޓެރިފަށް ސަރުކާރުން ގެނައި ބަދަލާއެކު މިދިޔަ މަހުގެ ކަރަންޓް ބިލްތައް ތައްޔާރުކޮށްފައިވަނީ އެ ރޭޓުގައި ކަމަށް ސްޓެލްލޯއިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށެވެ. މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ޓެރިފްތަކަށް ގެންނަ ބަދަލު (ކުރިއާއި މިހާރު)

  • 1.ބޭންޑް 0-100: މިހާރު 1.50 | އާ ރޭޓް: 1.25
  • 2.ބޭންޑް 101-200: މިހާރު ނަގާ ރޭޓް 1.70 | އާ ރޭޓް 1.50
  • 3.ބޭންޑް 201-300: މިހާރު ނަގާ ރޭޓް 2.15 | އާ ރޭޓް 1.50
  • 4.ބޭންޑް 301-400: މިހާރު ނަގާ ރޭޓް 2.50 | އާ ރޭޓް 1.50
  • 5.ބޭންޑް 401-500 މިހާރު ނަގާ ރޭޓު 2.95 | އާ ރޭޓް 2.66
  • 6.ބޭންޑް 501-600 މިހާރު ނަގާ ރޭޓް 3.55 | އާ ރޭޓް 3.20
  • 7.ބޭންޑް+600 މިހާރު ނަގާ ރޭޓް 4.25 | އާ ރޭޓް 3.83

އެ ކުންފުނިން ވަނީ ރައީސް މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް ދެން ފޮނުވާ ހުރިހާ ކަރަންޓުބިލްތަކެއްވެސް ތައްޔާރުކުރެވިގެންދާނީ އައު ޓެރިފްރޭޓްތަކަށް ކަމުގެ ޔަގީންކަން ދީފަ އެވެ. 

ކަރަންޓު ބިލްތަކަށް ގެނައި މި ބަދަލާ ބެހޭ ގޮތުން ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިއަތު މުހައްމަދު ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި މިއީ 1949 ގައި ރާއްޖޭގައި ކަރަންޓް އުފައްދަން ފެށިފަހުން ބެލިނަމަވެސް ގެންނަ ހެޔޮ ބަދަލެއް ކަމަށާ މި ބަދަލާއެކު 17 ޕަސެންޓް ފެށިގެން 40 ޕަސެންޓުގެ ޑިސްކައުންޓެއް ބިލްތަކުން ފެނިގެންދާނެ އެވެ.

"އެވްރެޖުކޮށް ދަންނަވާނަމަ އެވްރެޖުކޮށް 400ރ. 500ރ. އަރާ ގޭބިސީ އަކުން 25-27 ޕަސެންޓުގެ މަދުވުމެއް އަންނާނެ،" މުއާވިއަތު ވިދާޅުވި އެވެ.

މި ވަރަށް ދަށްވެއްޖެނަމަ 500ރ. ކަރަންޓު ބިލަަށް މިހާރު އަރާ ގޭބިސީތަކުން 125ރ. ދެ ދަށްވުމަކާއެކު ބިލުގެ ޖުމްލަ 375ރ. އަށް ކުޑަ ވެގެންދާނެ އެވެ.

ޓެރިފްއަކީ އެނާޖީ އޮތޯރިޓީން އެކުލަވާލާ އެއްޗެކެވެ. ރާއްޖޭގައި ޓެރިފް ރޭޓުތަކަށް ބަދަލު ގެނެސްފައިވަނީ 2009 ވަނަ އަހަރު އެވެ. އޭގެ ކުރިން ޓެރިފް ހުރީ ތިން ބޭންޑަކަށެވެ. މިހާރު ކަރަންޓު ޗާޖު ކުރަނީ ހަތް ބޭންޑްއަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.