މިދިޔަ މަހު އެންމެ އަގު ދަށްވީ ތަރުކާރީ، އަގު މަތިވީ މަސް

މިދިޔަ އެޕްރީލް މަހު ރާއްޖޭގައި އަގުތައް ވަނީ ޖުމްލަކޮށް 0.5 ޕަސެންޓުގެ ދަށްވުމެއް އައިސްފަ އެވެ. މިދިޔަ މަހު އެންމެ ބޮޑަށް އަގު ދަށްވި ބާވަތްތަކަކީ ތަރުކާރީ އާއި މޭވާ އެވެ. އަގު އުފުލިގެން ދިޔަ ކަމަށް ދައްކަނީ މަހުގެ އެވެ.

ބާޒާރުގައި މީހަކު ވިޔަފާރި ކުރަނީ : ތަރުކާރީ އާއި މޭވާގެ އަގުތައް ވަނީ ދަށްވެފަ

މިދިޔަ މަހު ބާޒާރުގައި ތަރުކާރީ އާއި މޭވާގެ ބައިގެ އަގުތައް ވެއްޓުނުއިރު، މަހުގެ އަގުތައް އުފުލުނު ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ބުނެފި އެވެ. 

އެމްބީއެސް އިން ކޮންމެ މަހަކު އެއްފަހަރު ރާއްޖޭގެ ހިދުމަތާއި ތަކެތީގެ އަގުތަކަށް އަންނަ ބަދަލު އަންގުވައިދޭ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުގައި މިދިޔަ އެޕްރީލް މަހު ރާއްޖޭގައި އަގުތައް ވަނީ ޖުމްލަކޮށް 0.5 ޕަސެންޓުގެ ދަށްވުމެއް އައިސްފަ އެވެ. މިދިޔަ މަހު އެންމެ ބޮޑަށް އަގު ދަށްވި ބާވަތްތަކަކީ ތަރުކާރީ އާއި މޭވާ އެވެ. އަގު އުފުލިގެން ދިޔަ ކަމަށް ދައްކަނީ މަހުގެ އެވެ. 

އަގު ދަށްވި ބާވަތްތައް

  •  މޭވާ - 9.43 %
  •  ތަރުކާރީ - 7.46 %
  •  ކަރަންޓު ބިލް - 3 .56%
  •  މޮޓޯ ސައިކަލް - 1.40 %
  •  ޑޮމެސްޓިކް އަދި ހައުސްހޯލް ސާވިސް - 3.69%
  •  އަންނައުނު - -0.61 %
  •  ރެސްޓޯރެންޓް ކެފޭ - 0.16 %
  •  ތެލާއި ލުބްރިކެންޓް އަދި ޕާސަނަލް ޓްރާންސްޕޯޓް - 2.13%
  •  ފައިވާން - 0.54 %
  •  ފޯނުގެ ހިދުމަތް - 0.19 %

މި މުއްދަތުގައި ކާނާގެ ބައިގައި ހިމެނޭ ފުޑް އެންޑް ނޮން އަންކަހޯލިކް ބުއިންތަކުގެ ބައިންނެވެ. މ ބައިގެ އަގުތައް 1.85 ޕަސެންޓް ދަށްވެފައިވެ އެވެ. އަދި އަގު އުފުލުނު ބައިގައި ހިމެނެނީ ފަރުނީޗަރާއި ހައުސްހޯލްޑް އިކްއިޕްމަންޓް އަދި ކާޕެޓާއި ޕްލޯރިން ހިމެނޭ ބައިންނެވެ. މި ބައިގައި ހިމެނޭ ތަކެތީގެ އަގުތައް 1.21 ޕަސެންޓުގެ އުފުލުމެއް ފާހަގަވެ އެވެ. 

އަގު އުފުލުނު ބާވަތްތައް

  •  މަހުގެ ބާވަތްތައް - +1.75 %
  •  ހައުސް ހޯލްޑް އެޕްލިއަންސް - + 3.33 %
  •  ޕާސަނަލް ކެއާ - +0.57 %
  •  ޓްރާންސްޕޯޓް - +1.50 %
  •  އެޑިއުކޭޝަންގެ ބައި - +1.14 %
  •  ފަރުނީޗަރު ލޫސް ކާޕެޓް - +1.81 %
  •  މެއިންޓަނަލްސް އަދި ލޫސް ޕާސަނަލް ކާޕެޓް - +11.07 %
  •  ކަނޑާއި އެއްގަމުގެ ދަތުރުފަތުރު - +0.51 %
  •  ޖޭމާއި މާމުއި އަދި ޗޮކްލެޓް ހިމެނޭ ބައި - +0.57 %
  •  ސީރިއަލް ހިމެނޭ ބައި - +0.20 %
ސީޕީއައި ބަލާގޮތް - ސީޕީއައި ހިސާބު ކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީ އަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށް ފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ. މި ހިސާބު ޖެހުމުގައި ބޭނުންކުރާ މިންގަނޑު ބަދަލު ކުރަނީ ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލާއެކު، މީހުންގެ އާންމު ހަރަދުތަކަށް އަންނަ ބަދަލުތައް ހިމެނުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.