މި ޕްރައިވެޓް 11 ރެސިޑެންސް ތަރައްގީކޮށްފައިވަނީ ޕްރައިވެޓް ޕެވީލިއަންއެއްގެ ފަރުމާ އަށެވެ. މިތަނުގައި ޕްރައިވެޓް ސްޕާގެ އިތުރުން ވެސް ގިނަ ހިދުމަތްތަކެއް ލިބެން ހުރެ އެވެ.
ޔޫއޭއީގެ އަގޯން ކެޕިޓަލް އާއި ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓް ޕީއެލްސީ ގުޅިގެން ކ. ވިލަވަރުގައި 11 ރެސިޑެންސް އާއި 61 ލަގްޒަރީ ވިލާއާއެކު މަތީ ފަންތީގެ އަލްޓްރާ ލަގްޒަރީ ރިސޯޓެއް ތަރައްގި ކުރަން ނިންމައިފި އެވެ.
މެދުއިރުމަތީގެ ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގޮތުން ވިލަވަރުގައި ހިންގާ މި ބޮޑު މަޝްރޫއަކީ ޔޫއޭއީގެ ލައިފްސްޓައިލް ވެންޗާއެއް ކަމަށްވާ ޔޫއޭއީގެ އިންވެސްޓްމަންޓެއް ކަމަށްވާ އަގޯން ކެޕިޓަލް އިން މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު އެއް ޓޫރިޒަމް މަޝްރޫ އަށް ވާނެ އެވެ.
ޕްރައިވެޓް އަލްޓްރާ ލަގްޒަރީ ރިސޯޓެއްގެ ގޮތުގައި ވިލަވަރު ތަރައްގީ ކުރަން އަގޯން ކެޕިޓަލްއާއެކު ޕާޓްނަޝިޕްވާ އަނެއް ކުންފުނި ކަމަށްވާ ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓް ކުންފުނީގެ ޗެއާމަންއަކީ ހ. ސީއައިޑް މުހައްމަދު އަލީ ޖަނާހު އެވެ. ޖަނާއަކީ މެދުއިރުމަތީގެ އިތުރުން ރާއްޖޭގައި ވެސް ބޭރުގެ ޕާޓްނަރުންނާއެކު ޓޫރިޒަމްގެ ބިޔަ މަޝްރޫއުތައް ހިންގަވާ ވިޔަފާރިވެރިއެކެވެ.
މާލެ އިން ފުރައިގެން 30 މިނެޓުން ދެވޭ ރާސްތާގައި އޮންނަ ވިލަވަރު ތަރައްގީ ކުރަނީ 11 ރެސިޑެންސް އާއި 61 ލަގްޒަރީ ވިލާ ހިމެނޭ ގޮތަށެވެ. މި ޕްރައިވެޓް 11 ރެސިޑެންސް ތަރައްގީކޮށްފައިވަނީ ޕްރައިވެޓް ޕެވީލިއަންއެއްގެ ފަރުމާ އަށެވެ. މިތަނުގައި ޕްރައިވެޓް ސްޕާގެ އިތުރުން ވެސް ގިނަ ހިދުމަތްތަކެއް ލިބެން ހުރެ އެވެ. މި ރިސޯޓުގައި ހަތަރު ސިންނޭޗާ ރެސްޓޯރެންޓާއެކު މީރު އެތައް ކެއުންތަކެއް ހުރެ އެވެ.
ބިޔަ މި މަޝްރޫއާ ބެހޭ ގޮތުން ޖަނާ ވިދާޅުވެފައިވާ ގޮތުގައި މިއީ ހަމައެކަނި ރިސޯޓެއް ތަރައްގީ ކުރުމަށްވުރެ ބޮޑަށް ލޭންޑްމާކެއް ކަމަށެވެ.
"ވިލިވަރު އައިލެންޑް ރިސޯޓަކީ ހޮސްޕިޓަލިޓީ ވެންޗަރަކަށްވުރެ މާ ލޭންޑްމާކެއް. މި މަޝްރޫއަކީ ބައިނަލްއަޤްވާމީ އިންވެސްޓްމަންޓް ތަސައްވުރާއި ރާއްޖޭގެ އަންނަން އޮތް ޖީލުތަކަށް މި ތަޖުރިބާ ފުރިހަމަކޮށްދޭނެ މަޝްރޫއެއް،" ޖަނާ ވިދާޅުވި އެވެ.
ވިލަވަރު ހުޅުވަން ނިންމާފައިވަނީ 2027 ވަނަ އަހަރު އެވެ.