މި މަހު ފަށާ ވޯލްޑް ކަޕާއެކު މެދުއިރުމަތީގެ ފްލައިޓުތަކަށް ބާރު ބޮޑުވާއިރު، ކުވޭރު އެއާލައިންގެ ސިދާ ދަތުރުތަކާއެކު ރާއްޖެ އައުމަށް އިތުރު ދޮރެއް ހުޅުވިގެން ދާނެ އެވެ.
"ކުވައިތު އެއާވޭސް" ދަތުރުތައް ރާއްޖެއަށް އިއްޔެ ފަށައި ރާއްޖެއަށް އާ ދޮރެއް ހުޅުވައިފި އެވެ. ކުވައިތު އެއާވޭސް އަކީ ކުވޭތުގެ ގައުމީ އެއާލައިނެވެ.
ކުވެއިތު އެއާވޭސް ކުވޭތުން ރާއްޖެއަށް ހަފުތާއަކު ދެ ދަތުރު ކުރާނެ އެވެ. ބޭނުން ކުރާނީ އޭ320 މަރުކާގެ 150 މީހުންގެ ޖާގައިގެ ބޯޓެވެ.
ކުވޭތު އެއާވޭސްގެ ސީދާ ދަތުރުތަށް ފަށަން ފުރަތަމަ ބޯޓު ވީއައިއޭއަށް ޖައްސާފައި ވަނީ އިއްޔެ ހެނދުނު އެވެ. އެ ބޯޓަށް ވީއައިއޭއިން ވޯޓާ ސެލިއުޓުގެ މަރުހަބާއެއް ކިއެވެ. އަދި ބޯޓުން އައި ޓޫރިސްޓުންނަށް ސަގާފީ ބޮޑުބެރުގެ މަރުހަބާއެއް ކިއެވެ.
މި ދަތުރުތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ކުވޭތު އެއާވޭސް ފެށުނީ ފްލައިޓުތައް އިތުރު ކުރަން ބޭނުން ވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.
އަދި މި ދަތުރު ތަކާއެކު ރާއްޖެ އަންނަ ފަތުރުރުވެރިންނަށް އިތުރު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. އަދި ވޯލްޑް ކަޕާއެކު މެދުއިރުމަތީގެ ފްލައިޓުތަކަށް ބާރު ބޮޑުވާއިރު، ކުވޭރު އެއާލައިންގެ ސިދާ ދަތުރުތަކާއެކު ރާއްޖެ އައުމަށް އިތުރު ދޮރެއް ހުޅުވިގެން ދިޔައީ ކަމަށެވެ.