މި އީދުގައި މާފުށީގެ 20 އަހަރު ކުރީގެ ބޭންޑެއް | ސަގާފީ ބައި ރައްޔިތުންނަށް

އޭރުގެ މި ބޭންޑުގެ ތަރިންގެ ތެރޭގައި ހަރަކާތްތެރިވި ފަރާތްތަކަކީ މިހާރު މި ރަަށުގެ މަޝްހޫރު ގެސްޓްހައުސް ވިޔަފާރިވެރިންނެވެ. މި ފަރާތްތަކުގެ އެކި ހުށަހެޅުންތައް އީދު ޝޯގައި އޮންނާނެ އެވެ.

މާފުށީ ކައުންސިލުން އީދުގައި ހިންގާނެ ހިންގާނެ ހަރަކާތްތަކުގެ މައުލޫމާތު ދެނީ

މި އަހަރުގެ ބޮޑު އީދުގައި މާފުށީގައި ކުރިން އޮތްނަމަވެސް އުވިގޮސްފައިވާ ބޭންޑެއްގެ މެންބަރުންގެ ހުށަހެޅުންތަކާއެކު ރައްޔިތުންގެ ބައިވެރިވުން އިތުރުވާނެހެން ކައުންސިލް ކުންފުނިން އިންތިޒާމުތައް ފުރިހަމަކޮށްފި އެވެ. 

މި އަހަރުގެ އީދު ފާހަގަކުރަން މާފުށީ ލޯކަލް އޮތޯރިޓީ ކުންފުންޏާއި ކައުންސިލުން ކުރަމުން ގެންދާ މަސައްކަތުގެ މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ މި އަހަރުގެ އީދުގެ އެންމެ ހާއްސަ އެއް ކަމަކީ އެ ރަށުގައި މީގެ 20 އަކަށް އަހަރު ކުރިން އޮތްނަމަވެސް ފަހުން އުވިގެން ގޮސްފައިވާ ބޭންޑެއް އަލުން ގެނައުމެވެ. މި ބޭންޑް އަލުން އަންނަނީ އެ ބޭންޑުގެ ކުރީގެ ފަންނާނުންނާއެކުގައިކަން އޭނާ ފާހަގަ ކުރެއްވި އެވެ. - އޭރުގެ މި ބޭންޑުގެ ތަރިންގެ ތެރޭގައި ހަރަކާތްތެރިވި ފަރާތްތަކަކީ މިހާރު މި ރަަށުގެ މަޝްހޫރު ގެސްޓްހައުސް ވިޔަފާރިވެރިންނެވެ. މި ފަރާތްތަކުގެ އެކި ހުށަހެޅުންތައް އީދު ޝޯގައި އޮންނާނެ އެވެ. 

ސޮލާހު ވިދާޅުވީ މީގެ އިތުރުން މި އަހަރުގެ އަނެއް ތަފާތަކީ ބޭރުން ގެންނަ މިއުޒިކް ބޭންޑް ފިޔަވައި ދެން ހުރި ހުރިހާ ސަގާފީ ހަރަކާތްތަކެއް ރައްޔިތުން އިންތިޒާމު ކުރުމެވެ. 

"އެންމެ އުފާވަނީ ރައްޔިތުންގެ ބައިވެރިވުން މިފަހަރު ބޮޑުކަމުން. ސަގާފީ ހުރިހާކަމެއްގައި ހަރަކާތްތެރިވާނީ ރައްޔިތުން،" ސޮލާހު ވިދާޅުވި އެވެ. 

ސޮލާހް ވިދާޅުވީ މިފަހަރު އީދު ފާހަގަކުރުމުގެ ގޮތުން ކައުންސިލުން ރަށު ތެރެ ދިއްލާ ދިއްލާ ދިއްލުންތަކުގެ އިތުރުން ދިއްލުމުގެ މުބާރާތެއް ވެސް އޮންނާނެ އެވެ. މިމުބާރާތުގައި ކޮންމެ ގޭބީސީއަކުން ވެސް އެ ގެއެއްގެ ދޮރުމަތި ބޮކިފަތިން ދިއްލައި ޒީނަތްތެރިކުރުމަަށް ހުޅުވާލައި އެންމެ ރީތި ދިއްލާ ތިން ގެ ފާހަގަކޮށް ފައިސާގެ އިނާމެއް ދޭނެ އެވެ. 

މި އަހަރުގެ އީދުގައިވެސް އީދަށް ހަނދުބަލާ ރެއިން ފެށިގެން އީދުގެ ހަރަކާތްތައް ފެށިގެންދާނެ އެވެ. މިގޮތުން ރޮބޯމޭން ގެނެސްގެން ބާއްވާ ކުޑަކުދިންގެ ހަވީރާއި މާލޭގެ މަޝްހޫރު ގިނަ ބޭންޑްތަކެއް ގެނެސްގެން ބާއްވާ މިއުޒިކް ޝޯއެއްވެސް ކުރިއަށްދާނެ އެވެ. 

މާފުށީ ކައުންސިލް ކުންފުންޏާއި އެ ރަށުގެ ވިޔަފާރިވެރިން ގުޅިގެން ވަނީ މި އަހަރުގެ އީދަށް އަންނަ މީހުންނަށް ހާއްސަކޮށް އީދު ޝޯ ނިންމުމަށްފަހު މާލެ ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަން ރޭގަނޑު ޓްރާންސްޕޯޓު އިންތިޒާމު ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.