ނަންބަރު އައިނު ހައްދަން އާސަންދައިން 2000 ރުފިޔާ ދެނީ

ރައީސް ވިދާޅުވީ އަންނަ ޖޫން މަހުން ފެށިގެން އާސަންދައިން އައިނު ހައްދަން 2000 ރުފިޔާ ހަމަޖެހިގެންދާނެ ކަމަށެވެ.

ރައީސް ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި --

ނަންބަރު އައިނު އަޅާ މީހުންގެ އައިނު ހައްދަން އާސަންދައިން 2000 ރުފިޔާ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މިކަން ރައީސް އިއުލާނު ކުރެއްވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އަންނަ ޖޫން މަހުން ފެށިގެން އާސަންދައިން އައިނު ހައްދަން 2000 ރުފިޔާ ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ހަދަން ޖެހޭ ހުރިހާ ހިސާބެއް ނިންމައި، ކަމާ ބެހޭ ފަރާތްތަކަށް މިއަދު ސިޓީ ފޮނުއްވާފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ލޮލަށް ފެނުމުގައި ފުސްކަން ހުންނަ މީހުން އަޅާ ނަންބަރު އައިނު ހެއްދުމަށް މިހާރު އާސަންދައިން ދެނީ 1000 ރުފިޔާ އެވެ. އަދި އާސަންދަ ހަމަޖެހެނީ ވެސް ދެ އަހަރުން އެއް އަހަރު އެވެ.

އައިނު ހެއްދުމަށް އާންމު ގޮތެއްގައި 3000 ރުފިޔާ 6000 ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވެ އެވެ. އެހެންވެ، ގަވާއިދުން އައިނު ބަދަލު ކުރަން ޖެހޭ ފަރާތްތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.