ސިވިލް ސާވިސްއިން އޭޖީ އޮފީސް ވަކިކުރާ ބިލު ތަސްދީގު ކުރައްވައިފި

ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. މި ބިލަށް އަމަލު ކުރަން ފަށާނީ ބިލު ތަސްދީގު ކުރައްވާތާ ތިން މަސް ފަހުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު. --ފޮޓޯ: ރައީސް އޮފީސް

ސިވިލް ސާވިސް އިން ބަންޑާރަ ނައިބްގެ އޮފީސް ވަކިކޮށް، އޮފީހުގެ އުސޫލުތަކަށް ބަދަލުތަކެއް އަންނަ ބަންޑާރަނައިބުގެ އޮފީހުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. މި ބިލަށް އަމަލު ކުރަން ފަށާނީ ބިލު ތަސްދީގު ކުރައްވާތާ ތިން މަސް ފަހުންނެވެ.

ބަންޑާރަ ނައިބް އޮފީހަކީ މިނިވަން ތަނެއް ކަމުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް، އެތަން ހިންގަނީ ސިވިލް ސާވިސްގެ ދަށުންނެވެ. އެހެންވެ، އޮފީސް ހިންގުމަށް ދަތިތަކާއި ކުރިމަތިވާއިރު، ވަކިން ހާއްސަކޮށް ވަކީލުން ހޯދުމުގެ ދަތި އޮވެ އެވެ.

ސިވިލް ސާވިސްގެ ދަށުން ހިންގާތީ އެތަނުގެ މުވައްޒަފުންގެ މުސާރަ ވެސް ކުޑަ އެވެ. މި ބިލު މަޖިލީހަށް ހުށަހެޅި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މިކަންކަން ހިމެނެ އެވެ.

ބިލުގައިވާ ގޮތުން، މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ  ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށެވެ. އެކަން ކުރާނީ ފިނޭންސް މިނިސްޓަރެވެ.

ރައީސް މިއަދު ތަސްދީގު ކުރެއްވި ބިލުގައިވާ ގޮތުގައި، އެ އޮފީހުގައި ވިދިވިދިގެން 20 އަހަރު މަސައްކަތް ކުރައްވާ ބޭފުޅުންނަށް ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވޭނެ އެވެ. މީގެ ކުރިން ގާނޫނުގައި އޮތީ 25 އަހަރު ހިދުމަތް ކުރައްވައިގެން ރިޓަޔާ ކުރެއްވޭ ގޮތަށެވެ.

އޭގެ އިތުރުން، ސޮލިސިޓާ ޖެނެރަލްގެ މަގާމު އުވައިލުމަށްފަހު ޑެޕިއުޓީ އެޓާނީ ޖެނެރަލެއް ހުންނަ ގޮތަށް ހެދުމަށާއި އެ މަގާމަކީ ރައީސުލްޖުމްހުރިއްޔާ އައްޔަންކުރާ މަގާމަކަށް ހެދުމަށް ވެސް ބިލުގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.