ނޫރްއައިން އަކީ މަދަނީ އެކި ޖަމްއިއްޔާތައް އުފައްދަވައި، މުޖުތަމައުއަށް ގިނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ވެލާނާ އެއާޕޯޓު ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާޕާސަންގެ މަގާމަށް އެމްއެމްޕީއާރްސީގެ ކުރީގެ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހު އަދި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ޝަހީރު އައްޔަނުކޮށްފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ، އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއޭސީއެލްގެ ޗެއާޕާސަން ކަމަށް ހ. ސީސައިޑް، ނޫރައައިން އައްޔަން ކޮށްފައިވާ ކަމަށެވެ.
އަދި އެޗްޑީސީގެ ޗެއާޕާސަންކަމަށް މ. ލާލުބާގް، ޝަހީރު އައްޔަން ކޮށްފައިވާ ކަމަށެވެ.
ޗާޓަޑްއެކައުންޓަންޓެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ނިއު ޒީލެންޑުގައި ދިރިއުޅުއްވާފައިވާ ނޫރްއައިން، އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަނުކޮށްފައިވަނީ މި ސަރުކާރުގަ އެވެ. ނަމަވެސް، މިދިޔަ މެއި މަހުގެ ތެރޭގައި އޭނާ ވަނީ ކުއްލި ގޮތަކަށް އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ނޫރްއައިން އަކީ މަދަނީ އެކި ޖަމްއިއްޔާތައް އުފައްދަވައި، މުޖުތަމައުއަށް ގިނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އެޗްޑީސީގެ ޗެއާޕާސަންގެ މަގާމަށް މިއަދު އައްޔަނުކުރެއްވި ޝަހީރު ވަނީ މީގެކުރިން ފެނަކައިގެ ޗެއާމަންގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. އެސްޓީއޯގެ އެމްޑީ ކަމުގައި ޝަހީރު ހިދުމަތްކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.