މޯލްޑިވިއަންގެ އާ އޭޓީއާރު ރާއްޖެއަށް ގެންނަން ތައްޔާރު ވަނީ

ބޯޓު ރާއްޖެ ގެނައުމުގެ ކުރިން ފްރާންސުގައި ޓެސްޓްތަކެއް ދަނީ ކުރަމުންނެވެ، މި ކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ މޯލްޑިވިއަންގެ ޗީފް ޕައިޕޮޓް ކެޕްޓަން އަބްދުﷲ ނާފިޒު އެވެ.

މޯލްޑިވިއަން އިން ގެންނަ އާ އޭޓީއާރު ބޯޓު

މޯލްޑިވިއަން އިން އަލަށް ގެންނަ އާ އޭޓީއާރު ބޯޓު ރާއްޖެ އަންނަން ތައްޔާރު ވެއްޖެ އެވެ. 

މޯލްޑިވިއަން އިން ބުނީ ފްރާންސުގައި މިހާރު އޮތް އޭޓީއާރު ބޯޓުގެ ކަންކަމުގައި އެ ކޮޅުގައި ހަރަކާތްތެރިވަނީ މޯލްޑިވިއަންގެ ޗީފް ޕައިޕޮޓް ކެޕްޓަން އަބްދުﷲ ނާފިޒު ކަމަށެވެ. އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ އެންމެ ހިތްގައިމު އޭޓީއާރު މި ބޯޓުތަކަށް މޯލްޑިވިއަންގެ މުޅި ފްލީޓް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 

ގައުމީ އެއާލައިންއަކީ ސީޕްލޭން އާއި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއާލައިން ހިދުމަތް ދޭ ކުންފުންޏެވެ. އަދި އިންޓަނޭޝަނަލް ދަތުރުތަކުގައި މިވަގުތު ދަނީ އިންޑިއާގެ މަންޒިލްތަކަށެވެ. މިހާތަނަށް މޯލްޑިވިއަން އެންމެ ދުރަށް ޝެއިޑުލްކޮށް ދަތުރުކުރީ ޗައިނާ އަށެވެ. 

ގައުމީ އެއާލައިންއަކީ މި ދާއިރާގެ އެންމެ ބޮޑު ޓީމް އޮތް ކުންފުންޏެވެ. އެންމެ ކުޅަދާނަ އިންޖިއަރުން ތިބި ކުންފުންޏެވެ. ގައުމީ އެއާލައިންއަކީ ރާއްޖެ އަށް ޖައްސާ 90 ޕަސެންޓް އެއާލައިން ލައިން މެއިންޓަންސް ހިދުމަތް ދޭ ކުންފުންޏެވެ. މި ކުންފުނިން މިހާރު ފްލައިން ސްކޫލެއް ވެސް ހިންގަ އެވެ. އަދި 16 އެއާޕޯޓަށް ދަތުރު ކުރެ އެވެ. މި ކުންފުނިން 4 އެއާޕޯޓެއް ހިންގަ އެވެ. މިއީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުންޏެވެ. ގައުމީ އެއާލައިން އިން ދަނީ އަހަރު އެއް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެމުންނެވެ. އަދި އަހަރު 50،000 ފްލައި ސައިކަލް އަޅަ އެވެ. އަދި ސީޕްލޭން 11 ބޯޓާއި ޑޮމެސްޓިކް ދަތުރުތަކަށް ޑޭޝް 8 ގެ ހަ ބޯޓެއް ދުއްވަ އެވެ. އަދި ހަތަރު އޭޓީއާރު ބޯޓު ވެސް ބޭނުން ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.