ކުއްޖެއްގެ އިނގިލި އަނބުރާލި ކަމަށް ބުނާ ޓީޗަރު ހައްޔަރު ކޮށްފި

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ޓީޗަރެކެވެ. އޭނާގެ މައްޗަށް އޮތީ 11 އަހަރުގެ އެކުއްޖާގެ އިނގިލި އަނބުރާލައި ހުޅުން ނައްޓައިލި ކަމުގެ ތުހުމަތެވެ.

ދިވެހި ފުލުހުންގެ އިދާރާ -- ދަ މިރާ

ތ. ކަނޑޫދޫ ސުކޫލުގައި މިދިޔަ ހޯމަ ދުވަހު ދަރިވަރެއްގެ އިނގިލި އަނބުރައިލި ތުހުމަތު އޮތް ޓީޗަރު ހައްޔަރު ކޮށްފި އެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ޓީޗަރެކެވެ. އޭނާގެ މައްޗަށް އޮތީ 11 އަހަރުގެ އެކުއްޖާގެ އިނގިލި އަނބުރާލައި ހުޅުން ނައްޓައިލި ކަމުގެ ތުހުމަތެވެ.

ކުއްޖާގެ އާއިލާއިން ބުނާ ގޮތުގައި ޓީޗަރުގެ ގައިގައި ކުއްޖާގެ އަތުގައި އޮތް ފެންގުޅި އަކުން ޖެހުމުން އިނގިލި ވަރަށް ބާރަށް އަނބުރައިލީ އެވެ. ހުޅުން އިނގިލި ނެއްޓުމުން ކުއްޖާގެ ހުޅު އަޅުވައި ދިނީ ވެސް އެ ޓީޗަރު ކަމަށްވެ އެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނަނީ ކުއްޖާގެ އިނގިލީގައި ހިފުނީ ފެންފުޅި ޖެހި ވަގުތު ނޭންގުމެއްގެ ތެރޭގަ އެވެ. މި މައްސަލަ މިނިސްޓްރީން ބަލަމުންދާއިރު، ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.