މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ ފަސްވަނަ ދުވަހެވެ. ބޮޑު އީދު ދުވަހަކީ ޖޫން ހައެކެވެ. ބޮޑު އީދާ ގުޅިގެން ޗުއްޓީ ވާނެ ކަމަށް ކަލަންޑަރުގައި ފާހަގަކޮށްފައި ވަނީ ޖޫން 7-9 އެވެ.
މިއަހަރުގެ އަޟްހާ އީދު -- ބޮޑު އީދާ ދިމާކޮށް ލިބޭނީ ދިވެހި ކަލަންޑަރުގައި ޗުއްޓީ ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަސްތައް އެކަނި ކަމަށް ސަރުކާރުން ބުނެފި އެވެ.
މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ ފަސްވަނަ ދުވަހެވެ. ބޮޑު އީދު ދުވަހަކީ އޭގެ އަނެއް ދުވަސް ކަމަށްވާ ޖޫން ހައެކެވެ. ބޮޑު އީދާ ގުޅިގެން ޗުއްޓީ ވާނެ ކަމަށް ކަލަންޑަރުގައި ފާހަގަކޮށްފައި ވަނީ ޖޫން 7-9 އެވެ.
ސަރުކާރުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޮޑު އީދާ ގުޅިގެން ބަންދު ވާނީ އެ ދުވަސްތައް އެކަނި ކަމަށެވެ.
"މިއަހަރުގެ ހައްޖު ދުވަސް ދިމާވަނީ، 5 ޖޫން ވާ ބުރާސްފަތި ދުވަހާ ކަމުގައި ސައުދީއަރަބިއްޔާއިން ކަނޑައެޅުއްވުމާ ގުޅިގެން ދަންނަވަމެވެ. ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތަކެވެ." ހީނާ ވިދާޅުވި އެވެ.
އެހެންކަމުން އީދު ބަންދު ނިމޭ ހަފްތާގެ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަސް ސަރުކާރު ހުޅުވާނެ އެވެ.
މީގެ ކުރީގައި މިފަދަ ބަންދަކާ ދިމާކޮށް އެއް ދުވަސް ނުވަތަ ދެ ދުވަސް ސަރުކާރު ބަންދު ނޫން ކަމަށް ކަލަންޑަރުގައި އިން ނަމަވެސް ސަރުކާރުން ބަންދު ކޮށްދެ އެވެ. އެހެންވެ، މިފަހަރު ވެސް ގިނަ ބަޔަކު ތިބީ އެގޮތަށް ބަންދު ކޮށްދޭނެ ކަމަށެވެ. ނަމަވެސް ކަންދިމާކުރި ގޮތުން މިފަހަރު ބޮޑު އީދު ދުވަސް ދިމާވަނީ ހުކުރު ދުވަހަކާ އެވެ.