މިއަދު އިފްތިތާހުކޮށްދެއްވި 75 އެނދުގެ ވިންގް ގައި ޖެނެރަލް ސާޖަރީތަކާއި، ނިއުރޯ ސާޖަރީތަކާއި ޕްލާސްޓިކް ސާޖަރީތަކާއި، އޯތޯ ސާޖަރީތަކާއި ޔޫރޮލޮޖީގެ ސާޖަރީތައް ކުރާ ބަލިމީހުން އެޑްމިޓްކުރެވޭނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް)ގައި ގާއިމުކޮށްފައިވާ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގް އިފްތިތާހު ކޮށްދެއްވައިފި އެވެ.
މިއަދު އިފްތިތާހުކޮށްދެއްވި 75 އެނދުގެ ވިންގް ގައި ޖެނެރަލް ސާޖަރީތަކާއި، ނިއުރޯ ސާޖަރީތަކާއި ޕްލާސްޓިކް ސާޖަރީތަކާއި، އޯތޯ ސާޖަރީތަކާއި ޔޫރޮލޮޖީގެ ސާޖަރީތައް ކުރާ ބަލިމީހުން އެޑްމިޓްކުރެވޭނެ އެވެ. މި ވިންގާ އެކު އައިޖީއެމްއެޗްގެ އެނދުގެ ޖުމުލަ އަދަދު ވަނީ 510 އަކަށް އިތުރުކުރެވިފަ އެވެ.
މިއަދުގެ ހަފުލާގައި ވާހަކަ ދައްކަވަމުން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވަނީ، ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާގެ ކުރިއެރުމަށް ރައީސް ދެއްވާފައިވާ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ.
މިގޮތުން، މާލެ ސަރަހައްދުގެ ސިއްހީ ބިނާރު ކުރިއެރުވުމުގެ ގޮތުން، ފާއިތުވި ދޮޅު އަހަރު ދުވަހު އައިޖީއެމްއެޗަށް 194 އެނދު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައި، ކަމާގުޅޭ ތަފާސްހިސާބު ހިއްސާކުރައްވާފަ އެވެ.
ބިނާރެކޭ އެއްފަދައިން އިންސާނީ ވަސީލަތްތައް ތަރައްގީކުރެއްވުމަށްވެސް އެ މަނިކުފާނު އިސްކަންދެއްވާކަމަށް އަބްދުއްރައްޒާގް ވިދާޅުވި އެވެ. އެގޮތުން ދާއިރާއިން ބޭނުންވާ 411 މުވައްޒަފުން ރެކްރޫޓްކުރުމުގެ ހުއްދަ ލިބިފައިވާކަމުގައި އޭނާ ހާމަކުރެއްވި އެވެ.
މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގް އިފްތިތާހުކުރެއްވުމަށް ފަހު ރައީސް ވަނީ އެ ވިންގް ބައްލަވާލައްވާފަ އެވެ.