އަރިދަފުސް ރޯގާތައް ވަރަށް ބޮޑަށް އިތުރުވެއްޖެ

"މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރާ އަދަދު އިތުރުވެފައިވާއިރު، ކޮވިޑް އަދި އިންފުލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައި ވަނީ މާލެ ސަރަހައްދުން،" އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑް ސާމްޕަލް ނަގަނީ: މިދުވަސްވަރު ކޮވިޑާއި އިންފްލުއެންޒާ ކޭސްތައް އިތުރު --

ރާއްޖޭގެ ހުރިހާ ހިސާބެއްގައި އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓް ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ ގިނައީ ކޮވިޑް-19 އަދި އިންފުލުއެންޒާއަށް ޕޮޒިޓިވްވާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ވަނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރެކޯޑު ކުރެވިފައިވާ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ރޯގާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެގޮތުން އެ މުއްދަތުގެ ތެރޭގައި ރިޕޯޓްކޮށްފައިވާ ނަންބަރުތަކަށް ބަލާއިރު؛

  •  އަރިދަފުސް ރޯގާ - 43،882 ކޭސް
  •  އިފްފުލުއެންޒާ - 254 ކޭސް
  •  ކޮވިޑް-19 - 37 ކޭސް

"މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރާ އަދަދު އިތުރުވެފައިވާއިރު، ކޮވިޑް އަދި އިންފުލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައި ވަނީ މާލެ ސަރަހައްދުން،" އެޗްޕީއޭ އިން ބުންޏެވެ.

އަރިދަފުސް ރޯގާ އިތުރުވި ނަމަވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް ހަޔަކުން މޭ 17ގެ ނިޔަލަށް 675 ކޭސް ރިޕޯޓް ކޮށްފައިވާއިރު، މިއަހަރުގެ މި މުއްދަތުގައި ރިޕޯޓްކޮށްފައި ވަނީ 86 ކޭސް އެވެ.

ޑެންގީ ހުންޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައި ވަނީ އެޗްޕީއޭ އިން ބުނި ގޮތުގައި މާލެ އަތޮޅާއި، ރ. އަދި އއ. އަތޮޅުންނެވެ.

އެޗްޕީއޭ އިން ވަނީ މިފަދަ ރޯގާތަކުން ސަލާމަތް ވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.