އުއްތަމަ ފަނޑިޔާރުގެ ނަޒާހަތްތެރިކަމާމެދު ދުވަހަކުވެސް ސުވާލެއް ނުއުފެދޭ: ނަޝީދު

"އުއްތަމަ ފަނޑިޔާރު މުއުތަސިމް ގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި" މި ސުރުހީގެ ދަށުން ޝާއިއުކޮށްފައިވާ އެ ހަބަރުގައި ހުރި ކަންކަމަކީ ދޮގެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އުއްތަމަ ފަނޑިޔާރު މުއުތަސިމަށް ވަނީ ތައުރީފު ކުރައްވާފައި --

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ ނަޒާހަތްތެރިކަމާމެދު ދުވަހަކުވެސް ސުވާލެއް ނުއުފެދޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފް ކުރައްވައިފި އެވެ.

ނަޝީދުގެ ފަރާތްޕުޅުން މިއަދު ބަޔާނެއް ނެރުއްވާފައި ވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލަ ސުޕްރީމް ކޯޓަށް ބަލައި ގަތުމާ ގުޅޭ ގޮތުން ނަޝީދު، އުއްތަމަ ފަނޑިޔާރާ މަޝްވަރާ ކުރައްވާފައިވާ ކަމަށް "ރާއްޖެއެމްވީ" ގައި ޝާއިއުކޮށްފައިވާ ހަބަރަކާ ގުޅިގެންނެވެ.

"އުއްތަމަ ފަނޑިޔާރު މުއުތަސިމް ގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި" މި ސުރުހީގެ ދަށުން ޝާއިއުކޮށްފައިވާ އެ ހަބަރުގައި ހުރި ކަންކަމަކީ ދޮގެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން "އަލިފުން ޔާއަށް އޭގައި ހުރި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް،" ކަމަށް އެ އެބަޔާނުގައިވެ އެވެ.

"ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅުވައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އަޅުގަނޑަށް މަލާމަތް ކުރެއްވި ކަމަށް ރާއްޖެއެމްވީ އިން އިއްޔެ ޝާއިއު ކޮށްފައިވާ ހަބަރުގެ ކުޑަވެސް ހަގީގަތެއް ނެތް. މިބާވަތުގެ ބޮޑުވެގެންވާ ފިތުނަވެރި ދޮގު ވާހަކަ ފެތުރުން ހުއްޓާލަން ދަންނަވަން،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ރާއްޖެއެމްވީގެ އެ ހަބަރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގޮނޑި ގެއްލޭ އިސްލާހު ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ބޭރުކޮށްލުމުން، އެ މައްސަލަ އަލުން ބަލަން އުއްތަމަ ފަނޑިޔާރު ނިންމެވީ ނަޝީދާ މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

"ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މި ނޫހާ ވާހަކަ ދެއްކި މަސްދަރަކުން ބުނެވަނީ، މުއުތަސިމް ފޯނުން ރައީސް ނަޝީދު އާ ގުޅުއްވި ކަމުގެ މައުލޫމާތު ލިބިވަޑައިގެން އެޓާނީ ޖެނެރަލް އަހްމަދު އުޝާމް އުއްތަމަ ފަނޑިޔާރާ ގުޅުއްވާ ވަނީ 'ބިރު ދައްކަވާފައެވެ'" އެ ހަބަރުގައިވެ އެވެ.

އެ ތުހުމަތުތައް ދޮގު ކުރައްވަމުން ނަޝީދު ވިދާޅުވީ އުއްތަމަ ފަނޑިޔާތަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައި މަގާމުގެ މަސްއޫލިއްޔަތުކާއި ވާޖިބުތައް އުފުއްލަވާ ބޭފުޅެއް ކަމުގެ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

"އެމަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރީވެސް މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.