ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް ކުރީގެ ރައީސް ވަހީދު އައްޔަނު ކުރައްވައިފި

ރައީސް އޮފީހުން ބުނީ ޑރ. ވަހީދު މިމަގާމަށް އައްޔަނު ކުރައްވާފައި ވަނީ މުސާރަ ލިބިވަޑައި ނުގަންނަވާ ގޮތަށް ކަމަށެވެ.

ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް ކުރީގެ ރައީސް ވަހީދު އައްޔަނު ކުރައްވައި ފަތްކޮޅު އަރުއްވަނީ --

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޔަނު ކުރައްވައިފި އެވެ.

މި މަގާމަށް ރައީސް ވަހީދު އައްޔަނު ކުރެއްވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެމަނިކުފާނާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ ވަހީދަކީ ވަރަށް ގާބިލު ބޭފުޅެއްކަމުގައި ފާހަގަކުރައްވައި، ރާއްޖޭގެ ހާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި އިގްތިސޯދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ގައުމުތަކާއެކު މަޝްވަރާކުރައްވައި، އެރޮނގުން ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ޑރ. ވަހީދު ވަނީ ސަރުކާރަށް ހިދުމަތްކުރެއްވުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެމަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފަ އެވެ.

ރައީސް އޮފީހުން ބުނީ ޑރ. ވަހީދު މިމަގާމަށް އައްޔަނު ކުރައްވާފައި ވަނީ މުސާރަ ލިބިވަޑައި ނުގަންނަވާ ގޮތަށް ކަމަށެވެ.

ރާއްޖޭގެ ރައީސުމްޖުމްހޫރިއްޔާގެ މަގާމުގެ އިތުރުން ޑރ. ވަހީދު ވަނީ ނައިބު ރައީސް ކަމާއި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ތައުލީމީ ދާއިރާގެ އިސް މަގާމުތަކެއް ވެސް ފުރުއްވައިފަ އެވެ. އެމަނިކުފާނަކީ ޔުނިސެފުގައި ވެސް އިސް މަގާމުތަކެއްގައި ހިދުމަތް ކުރެއްވި ބޭފުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.