ވަގަށް ސިނގިރޭޓް އެތެރެކުރި މީހަކު އަނެއްކާވެސް ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ވަގަށް ސިނގިރޭޓު އެތެރެ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ބިދޭސީ މީހާ --

ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރި ކަމުގެ ތުހުމަތުގައި ބިދޭސީ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 12:15 އެހައިކަންހާއިރު ވިލިމާލެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ، މެންޗެސްޓާ ބްރޭންޑުގެ 32 ކާޓޫނު ސިނގިރެޓް ފެނިފައިވައިވާ ކަމަށެވެ.

ފުލުހުން ބުނީ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ދުންފަތް އެތެރެކޮށް، ވިޔަފާރިކުރާ ކަމުގެ ތުހުމަތުކުރެވޭ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އަބްދުލް ކަރީމް، ބަންގްލަދޭޝް (45އ) ކަމަށެވެ. މީނާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއްކަން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަތުލައިގަތް ސިނގިރޭޓު ކާޓޫނުތައް --

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރި ފަހުން ވަގަށް ސިނގިރޭޓު އެތެރެ ކުރާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. ފާއިތުވި ދުވަސްތަކުގައި އެގޮތަށް ކިތަންމެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.