އެސްޓްރަޒެނެކާ، އެސްޓީއޯ އަދި ކެންސަރު ސޮސައިޓީއިން އޮންކޮލޮކީ ނަރުހުންނަށް ޓްރޭނިންއެއް

މިއީ ކެންސަރު ބަލީގެ ފަރުވާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އޮންކޮލޮޖީ ނަރުހުންނަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެކެވެ.

އެސްޓްރަޒެނެކާ އަދި އެސްޓީއޯ އިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ޕްރޮގްރާމް ހިންގަނީ -- އެސްޓީއޯ

އެސްޓްރަޒެނެކާ އަދި އެސްޓީއޯ އިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން ކުރިއަށްގެންދާ ’އޮންކޮލޮޖީ ނާސަސް އެކްސެލެންސް" ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި އެވެ. 

އެސްޓީއޯ އިން ބުނީ އެސްޓްރަޒެނެކާ އަދި އެސްޓީއޯ އިން ވަނީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން ’އޮންކޮލޮޖީ ނަރސަސް އެކްސެލެންސް‘ (ONE) ގެ ނަމުގައި ޕްރޮގްރާމެއް ލޯންޗުކޮށްފައިވާ ކަމަށެވެ.

މިއީ ދިވެހިރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އޮންކޮލޮޖީ ނަރުހުންނަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެކެވެ. އެސްޓީއޯގެ މައިގަނޑު މަގުސަދަކީ މި ޕްރޮގްރާމްގެ ދަށުން ކެންސަރު ބައްޔަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ތަޖުރިބާކާރުން އެއްވެ، ދިވެހިރާއްޖޭގެ އޮންކޮލޮޖީ ނަރުހުންނަށް ވޯކްޝޮޕްތައް ބާއްވައި ތަމްރީން ދީފައިވާނެއެވެ.

"ވަން" ޕްރޮގްރާމްގެ މަގުސަދަކީ ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އޮންކޮލޮޖީ ނަރުހުން އަދާކުރައްވާ މުހިއްމު ރޯލު ފާހަގަކުރައްވައި އެކި އިދާރާތަކުގެ އެއްބާރުލުމާއެކު އޮންކޮލޮޖީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ކުރިއެރުންތަކާ އެއްވަރަށް ދިވެހިރާއްޖެ ތައްޔާރުކުރުމެވެ.

މި ޕްރޮގްރާމުން ދިވެހިރާއްޖޭގައި ކެންސަރުގެ ބައްޔަށް ފަރުވާދޭ ހުރިހާ މައިގަނޑު ހޮސްޕިޓަލުތަކެއްގެ ނަރުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވިފަ އެވެ.

މި ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު ހަތަރު ސެޝަނެއްގެ މައްޗަށެވެ. މިހާތަނަށް ނިމިފައިވާ ދެ ސެޝަނުގެ ތެރެއިން އެންމެ ފުރަތަމަ ބޭއްވުނު ސެޝަންގައި 55 ނަރުހުން ބައިވެރިވެފައިވާއިރު ދެވަނައަށް ބޭއްވުނު ސެޝަންގައި މީގެ ކުރީ ސެޝަނަށްވުރެ އިތުރު ހަތަރު ނަރުހުންނާއެކު ޖުމްލަ 59 ނަރުހުން ވަނީ ބައިވެރިވެފަ އެވެ.

ކެންސަރު ސޮސައިޓީ އިން ބުނީ އޮންކޮލޮޖީ ނަރުހުންނަކީ ބަލިމީހާއާއި އެމީހާއަށް ދޭ ފަރުވާއާ ދެމެދު އޮތް ގުޅުމެވެ. ބޭސްފަރުވާގެ އިތުރުން ކެންސަރު ބައްޔާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ، ބަލިމީހުންނަށް ނަފްސާނީ ގޮތުންވެސް އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ. ONE ޕްރޮގްރާމަކީ މި ފަރާތްތަކުގެ މުހިއްމުކަން ވަޒަންކުރައްވައި، އޮންކޮލޮޖީ ނަރުހުން ތަރައްގީކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށެވެ.

އެސްޓީއޯގެ އަމާޒަކީ ކެންސަރު ބައްޔާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް މި ބަލީގެ ފަރުވާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.