ގޭންގު ކުށް ހުއްޓުވައި، ހަރުކަށި އަދަބު ދެވޭ ބިލު ތަސްދީގު ކުރައްވައިފި

މި ބިލުގައި އިންތިޒާމްކޮށްގެން ހިންގާ ބޮޑެތި ކުށްތަކާއި، ނުރައްކާތެރި ކުށާއި، އިންތިޒާމްވެގެން ކުށްކުރާ ގުރޫޕްތައް ކަނޑައަޅާފައިވެ އެވެ.

ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގަނީ --

ގޭންގު ކުށްތައް ހުއްޓުވައި، އެފަދަ ކުށަށް އަރައިގަންނަ މީހުންނަށް ހަރުކަށި އަދަބު ދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މިމަހުގެ 15 ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައިވާ މި ބިލު ރައީސް ތަސްދީގު ކުރެއްވީ މިއަދު ލައިވްކޮށް ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ބިލު ތަސްދީގު ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއީ މުޖުތަމައު އެކުވެރި، އަމާން މާހައުލަކަށް ހެދުމަށް ވަރަށް މުހިންމު ބިލެއް ކަމަށެވެ.

"އަޅުގަނޑު ބޭނުން ވަނީ ބަޔަކު ކުށްވެރި ކުރާކަށް ނޫން. އަޅުގަނޑު ބޭނުން ވަނީ އެންމެން އެކުވެރިކަމާއެކީގައި ކުށްކުރުމުގެ ދުރުވާން، ދުރުވީމަ ކޫށްވެރިވާނެ މީހަކު ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު

ބިލުގައިވާ ގޮތުން، ގޭންގެއް އުފައްދައި ނުވަތަ ގޭންގެއް ހިންގުމަކީ ކުށެވެ. އެ ކުށް ކުރާ މީހުންގެ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު ދެ ލައްކަ ރުފިޔާއާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމެވެ. ގޭންގެއް އުފައްދާ އަދި ހިންގާ މީހަކަށް އެހީތެރިވާ މީހުންގެ އަދަބަކީ 18 އަހަރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

އޭގެ އިތުރުން ކުޑަކުދިން ގޭންގުތަކަށް ވައްދާ މީހުން 25 އަހަރަށް ޖަލަށްލައި، ދެ ލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެކެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި 18 އަހަރުން މަތީގެ މީހުން ގޭންގަކަށް ރެކްރޫޓް ކުރާނަމަ އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 20 އަހަރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާ އާއި ހަތް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުވެ.

ބިލުގައިވާ ގޮތުން، އެއްވެސް މީހަކު އިންތިޒާމުވެފައިވާ ކުށްކުރާ ގުރޫޕެއްގައި ބައިވެރިވުމަކީ ކުށެކެވެ. އެފަދަ ގުރޫޕެއްގެ މެންބަރެއްކަން ދައްކާ މީހާ ވެސް ކުށްވެރިވާނެ އެވެ. މެންބަރެއްކަން ދައްކާ މީހުންގެ އަދަބަކީ 12 އަހަރަށް ޖަލަށްލުމާއެކު 75،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މި ބިލުގައި އިންތިޒާމްކޮށްގެން ހިންގާ ބޮޑެތި ކުށްތަކާއި، ނުރައްކާތެރި ކުށާއި، އިންތިޒާމްވެގެން ކުށްކުރާ ގުރޫޕްތައް ކަނޑައަޅާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.