އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ހިންގި އޮޕަރޭޝަނުގައި ބޮޑީ ކެމެރާ ބޭނުން ކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ހިންގި އޮޕަރޭޝަނުގައި ބޮޑީ ކެމެރާ ބޭނުން ކޮށްފައިވާ ކަމަށެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިންގި މި އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ތިން ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
"މި އޮޕަރޭޝަންގައި އޮފިސަރުން ވަނީ ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަން ފަށާފައި،" އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖެއަށް އެންމެ ފުރަތަމަ ބޮޑީ ވޯން ކެމެރާ (ގައިގައި ހަރުކުރާ ކެމެރާ) ތައާރަފް ކޮށްފައި ވަނީ ފެބްރުއަރީ 13، 2022 ގައި ފުލުހުންގެ ހިދުމަތުންނެވެ. އޭގެ ފަހުން ސެޕްޓެމްބަރު، 2023ގައި ޖަލު އޮފިސަރުން ވެސް ދަނީ ބޮޑީ ވޯން ކެމެރާ ބޭނުން ކުރަމުންނެވެ.
މި ކެމެރާގެ ޒަރިއްޔާއިން ވަމުންދާ ހުރިހާ ކަމެއް ރެކޯޑު ކުރެވިގެންދާނެ އެވެ.