ޚުޠުބާގައި ބުނެފައިވާ ގޮތުން اللهُ تَعَالَىގެ ޙަޟުރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަސް ކަމަށް ބުނެފައިވެ އެވެ. އސަދި ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަ
ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނަގުނަ ކަމަށާ އެހެންކަމުން މި 10 ދުވަހުގެ މާތްކަން ހޯދަން ގަދައަޅާ މަސައްކަތް ކުރަން މިއަދުގެ ހުކުރު ހުތުބާގައި ގޮވާ ލައްވައިފި އެވެ.
މުޅި ރާއްޖޭގައި މިއަދުގެ ހުކުރުގައި އިއްވި ހުތުބާ ހާއްސަކޮށްފައިވަނީ ހައްޖު މަހުގެ މާތް ކަމަށެވެ. ހާއްސަކޮށް ހައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަން ހަނދާންކޮށް ދީފައިވެ އެވެ.
ހުތުބާގައި ބުނެފައިވާ ގޮތުން اللهُ تَعَالَىގެ ޙަޟުރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަސް ކަމަށް ބުނެފައިވެ އެވެ. އަދި ހައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސްކަން ހަނދާންކޮށް ދީފައިވެ އެވެ.
ކީރިތި ގުރުއާން އާއި ހަދީސް ތަކުން ދަލީލް ދައްކަވަމުން ހުތުބާގައި ބުނެފައިވާ ގޮތުން މި ދުވަސްތަކުގައި ކުރެވޭން އޮތް ސޯލިހު އަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނެ އެވެ. ކީރިތި ރަސޫލާ ވެސް އަނބިއަނބިކަނބަލުންގެ އަރިހުން ވާރިދުވެފައި ވެއެވެ.
"އެކަލޭގެފާނު ހައްޖު މަހުގެ ނުވަ ވަނަ ދުވަހާއި، އާޝޫރާ ދުވަހާއި، ކޮންމެ މަހަކު ތިން ދުވަހު ރޯދަފުޅު ހިއްޕެވި އެވެ."
ހުތުބާގައި ވަނީ މުސްލިމުންނަށް މާތް الله ދެއްވާ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބައެއްކަމުގައި ވުމަށް ގޮވާލާފަ އެވެ. އަދި މި ފަދަ ހެޔޮ ކަން ބޮޑު ދުވަސްތަކުގައި ސޯލިހު އަމަލުތައް ގިނަކޮށް މާތް اللهގެ ހަޟުރަތުގައި، މަތީ ދަރަޖައެއް ލިބޭތޯ ވާދަ ކުރަން ގޮވާލާފައިވެ އެވެ.
" މި ދިހަ ދުވަހު ކުރުން އިތުރުވެގެންވާ ހެޔޮ އަމަލުތަކުގެ ތެރޭގައި މާތް اللهއަށް ޒިކުރުކުރުން ހިމެނެއެވެ. اللهُ تَعَالَىގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ޒިކުރުކުރުމެވެ. އެއީ މުއުމިނު އަޅާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރެވެ. އަދި އެއީ ދުނިޔެއާއި އާހިރަތުގައި އެ ކަމުގެ ސަބަބުން ނަޖާވުން ލިބޭނޭ ކަމެކެވެ. ޒިކުރުކުރާ މީހާ، ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި، ޝައިތޯނާގެ މަޅީގައި ޖެހުމުންނާއި، ނަރަކައިގެ ގިންޏާއި ހިލަތަކުގެ ހޫނުން ރައްކައުތެރިކޮށްދޭނެއެވެ. މާތް اللهއަށް ޒިކުރުކުރާ މީހާގެ މައްޗަށް މާތް اللهގެ ރަޙުމަތާއި މަލާއިކަތުންގެ ހެޔޮ ދުއާ ލިބިގެންވާނެތެވެ. މާތް الله ފަރުލު ކުރެއްވި އެންމެހައި އަޅުކަންތަކާއި ޒިކުރުކުރުމާ ދެމެދުގައި ހަރުދަނާ ގުޅުމެއްވެ އެވެ،" ޚުޠުބާގައިވެ އެވެ.
ހުތުބާގައިވާ ގޮތުން ބަރަކާތްތެރިކަން އެންމެ ބޮޑު ދުވަސްތަކަކީ، ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް ބުނެފައިވެ އެވެ. އަދި ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި، މާތް الله މި މަތިވެރި އިސްލާމް ދީން ފުރިހަމަކޮށްދެއްވާނެ ކަމަށް ވެ އެވެ.