މި ޕްރޮމޯޝަން ތަކަކީ ރެސްޓޯރަންޓާއި ކެފޭ އަދި ކްރެޑިޓް އޮފާސް ތަކަކާއި އަދި އެޕާޓްމަން ތަކަށް ބަދަލުވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަންތަކެކެވެ. މި ޕްރޮމޯޝަންގައި ވިޔަފާރިވެރިންނަށް އިނާމު ލިބޭނެ އެވެ.
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފަރާތުން ކަސްޓަމަރުންނާއި ހޯލްސޭލް ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ތިން ދާއިރާއަކުން އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ބުނީ މި ޕްރޮމޯޝަން ތަކަކީ ރެސްޓޯރަންޓާއި ކެފޭ އަދި ކްރެޑިޓް އޮފާސް ތަކަކާއި އަދި އެޕާޓްމަން ތަކަށް ބަދަލުވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަންތަކެކެވެ.
ރެސްޓޯރަންޓް އަދި ކެފޭ ހިންގާ ފަރާތްތަކުން މި ޕްރޮމޯޝަން އަށް ހާއްސަ ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފިލް ކުރެއްވުމަށްފަހު ހުށައެޅުމުން ތިން މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި ބައިވެރިވެވުނީއެވެ. މި ޕްރޮމޯޝަން ގެ ތެރެއިން ރެސްޓޯރަންޓް އަދި ކެފޭ ތަކަށް ހާއްސަ އަގުތަކެއްވެސް ވަނީ ކަނޑައެޅިފައެވެ. އަދި 3 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ވިޔަފާރި ކުރާ 10 ފަރާތުގެ ތެރެއިން އެއް ވަނަ އިނާމަކަށް 150،000 ރުފިޔާގެ ކްރެޑިޓް ދެ ވަނަ އިނާމަކަށް 100،000 ރުފިޔާ ފެ ކްރެޑިޓް ތިން ވަނަ އިނާމަކަށް 75،000 ރުފިޔާގެ ކްރެޑިޓް އަދި މީގެ އިތުރުން ބާކީ ހަތް ފަރާތަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ އެއް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަތުން ކިރައްވާ ވިޔަފާރިތަކަށެވެ.
މި އޮފާ ނުވަތަ ޕްރޮމޯޝަން ކުރެވެނީ ހޯލްސޭލް ވިޔަފާރިތަކަށެވެ. މި އޮފާ ގެތެރޭގައި ޖެނެރަލް ޓްރޭޑިން އިން ފަސޭ ކްރެޑިޓް ފެސިލިޓީ އަދި އެޖެންޓަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި އޮފާ ކުރިއަށް ދާނީ ތިން މަސް ދުވަހުގެ ނިޔަލަށެވެ. އޭގެ އިތުރުން މި ތިން މަސް ދުވަހުގެތެރޭ މި އޮފާ ގެ ތެރެއިން ކްރެޑިޓަށް މުދާ ނަންގަވައިގެން އަދި އެޖެންޓު ގޮތުގައި ވިޔަފާރި ކުރައްވައިގެން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އެއް ވަނަ އިނާމަކަށް 100،000 ރުފިޔާގެ ކްރެޑިޓް 2 ވަނަ އިނާމަކަށް 75،000 ރުފިޔާ ފެ ކްރެޑިޓް ތިން ވަނަ އިނާމަކަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ހަމަޖެހިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަތުން ކިރައްވާ ވިޔަފާރިތަކަށެވެ.
މި އޮފާ ހާއްސަ ކުރެވިފައިވަނީ ހުޅުމާލެ އަދި މާލޭގައި ހަދަމުންދާ އެޕާރޓުމަންޓު ތަކަށް ބަދަލުވާ ފަރާތްތަކަށެވެ. މި އޮފާގައި ހިމެނޭނީ އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ވިއްކާ ހޯމް އެޕްލަޔަންސް ގެ ބާވަތްތަކެވެ. 15،000-25،000 ދެމެދު ވިޔަފާރި ކުރައވާ ފަރާތްތަކަށް %12 ޑިސްކައުންޓު 25،000-35،000 ދެމެދު ވިޔަފާރި ކުރައްވާ ފަރާތަތަކަށް 15% ޑިސްކައަުންޓު 35،000 ރުފިޔާ އިން މަތިން ވިޔަފާރި ކުރައްވާފަރާާތްތަކަށް %18 ޑިސްކައުންޓު ލިބިގެންދާނެއެވެ. އަދި ހިޓާޗީ އެއާކޮނޑިޝަނާއި އިން %2.5 ގެ ޑިސްކަންޓު ލިބިގެންދާނެ އެވެ. ތަކެތި ބައްލަވައިގަންނަން ވަޑައިގަންނަވާއިރު އެޕާޓުމަންޓު ލިބުނު ކަމުގެ ލިޔުން ގެންނަންވާނެ އެވެ. މި އޮފާ މި އަހަރު ނިމެންދެން ކުރިއަށް ގެންދާނެ ކަމަށް އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން މައުލޫމާތުދެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ.