ތެލެސީމިއާގެ ހިދުމަތްތައް ހަރުދަނާ ކުރަން ސައިޕްރަސްއާއެކު ސޮއިކޮށްފި

ރާއްޖެއާއި ސައިޕްރަސް ސަރުކާރާ ދެމެދު މި އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިން އިއްޔެ އެވެ.

ތެލެސީމިއާގެ ހިދުމަތް ހަރުދަނާ ކުރުމަށް ސައިޕްރަސް ސަރުކާރާއެކު އެއްބަސްވުމުގައި ސޮއިކުރަނީ --

ރާއްޖޭގައި ތެލެސީމިއާގެ ހިދުމަތްތައް ހަރުދަނާ ކުރުމަށް ސައިޕްރެސްއާއެކު އެމްއޯޔޫއެއްގައި ހެލްތު މިނިސްޓްރީން ސޮއިކޮށްފި އެވެ.

ރާއްޖެއާއި ސައިޕްރަސް ސަރުކާރާ ދެމެދު މި އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިން އިއްޔެ އެވެ.

މި އެއްބަސްވުމުގެ ދަށުން މައިގަނޑު ގޮތެއްގައި އެހީތެރިކަން ލިބިގެންދާނީ ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ދެމުންގެންދާ ހިދުމަތްތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުންނެވެ. އެގޮތުން، ތެލެސީމިއާ ބަލިން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، ފަރުވާދިނުމުގައި ސައިޕްރަސްގެ ތަޖުރިބާކާރު ފަންނީ ބޭފުޅުންގެ އެހީތެރިކަމާއި، މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމާއި، ޓެލެކޮންފަރެންސިން މެދުވެރިކޮށް ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ހިދުމަތްދިނުން ހިމެނެ އެވެ. 

މީގެ އިތުރުން ސިއްހީ ހިދުމަތްތެރިންގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށް މި އެއްބަސްވުމުގެ ދަށުން ސައިޕްރަސްއިން އެހީތެރިކަން ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި، ސައިޕްރަސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު މައިކަލް ދަމްޔަނޮސް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒީމް ވަނީ މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް އެޅުނު ފާހަގަކޮށްލެވޭ މުހިންމު ފިޔަވަޅެއް ކަމުގައި ވިދާޅުވެފަ އެވެ. އަދި، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 18 އިންސައްތަ މީހުންނަށް ތެލެސީމިއާ ފަރުވާދެމުންދާކަމާއި ތެލަސީމިއާއަކީ އާންމު ސިއްހަތާއި ގުޅޭ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ވެސް ފާހަގަ ކުރައްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.