ސުޖާތާ ވަނީ އެކްޓިން ޗީފް އެގްޒެކްޓިވް އޮފިސަރުގެ ހައިސިއްޔަތުން ފެންޝަން އޮފީސް ހިންގުމުގެ ޒިންމާ ދެ އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން އަދާކޮށްފައެވެ. މީގެ އިތުރުން 2015 ވަނަ އަހަރުން ފެށިގެން ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މަގާމުވެސް މިއަދާ ހަމައަށް ފުރާފައެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ސުޖާތާ ހަލީމް އައްޔަން ކޮށްފި އެވެ.
އެ އޮފީހުން މިރޭ ބުނީ ޕެންޝަނާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން ޕެންޝަން އޮފީހުގެ ބޯޑުން އެ އޮފީހުގެ ސީއީއޯގެ މަގާމަށް ސުޖާތާ ހަލީމް ކުރިއަށް އޮތް ފަސް އަހަރަށް އައްޔަން ކޮށްފައިވާ ކަމަށެވެ.
ސުޖާތާ ވަނީ އެކްޓިން ޗީފް އެގްޒެކްޓިވް އޮފިސަރުގެ ހައިސިއްޔަތުން ފެންޝަން އޮފީސް ހިންގުމުގެ ޒިންމާ ދެ އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން އަދާކޮށްފައެވެ. މީގެ އިތުރުން 2015 ވަނަ އަހަރުން ފެށިގެން ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މަގާމުވެސް މިއަދާ ހަމައަށް ފުރާފައެވެ.
ރާއްޖޭގައި ދެމިހެއްޓެނިވި އަދި ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފު ކުރުމަށް ކުރެވުނު މަަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި މެދުނުކެނޑި 16 އަހަރު ސުޖާތާ ހިދުމަތް ކޮށްފައިވެއެވެ.